ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައިދީންނަން އެއްފަހަރާ 03 ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު!

މިނިސްތަރު އިމްރާން އަބދުﷲ ޤައިދީއެއްގެ ހަލުބައްލަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް 05 ޤާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ 03 ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަންސްގެ “ގާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު” ކުރިން އޮންނަ ގޮތުން އެއްފަހަރާ ބައްދަލު ކުރެވޭނީވެސް އަދި ކޮންމެ ގައިދީއަކަށް ރަޖިސްްޓްރީ ކުރެވޭނީވެސް ދެ ްާނޫނީ ވަކީލުންނެވެ.

ނަމަވެސް އިއްޔެ ކަރެކްޝަސްންސް އިން އަމަލުކުރަން ފެށި އިޞްލާހީ އުސޫލުގެ ދަށުން ކޮންމެ ޤައިދީއަކަށް ވެސް ފަސް ޤާނޫނީ ވަކީލުން ރަޖިސްޓްރީ ކުރެވި އެއްފަހަރާ ތިން ވަކީލުންނާ ބައްދަލު ކުރެވޭނެއެވެ.

އެ އިޞްލާހުތަކުގެ ދަށުން، ތިން ވަކީލުންނާ އެއްފަހަރާ ބައްދަލު ކުރުމަށް ހުއްދަ ދިން ނަމަވެސް، ޑިރެކްޓާ އޮފް ޕްރިޒަންސް ބޭނުންވެއްޖެ ހާއްސަ ހާލަތެއްގައި އެ ބައްދަލުވުމުގައި ތަރުޖަމާނަކު ބައިވެރި ކުރެވިދާނެ އެވެ. އެގޮތުން މުއާމަލާތް ކުރުމަށްޓަކައި އާއި އިވުމުގެ ނުވަތަ ވާހަކަ ދެއްކުުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ތަރުޖަމާނަކު ބޭނުން ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެެއެވެ.

ދެން އެ އިސްލާހަށް ބޮޑު ބަދަލެއް ގެނެސްފައި ވަނީ ބައްދަލު ކުރަން އަންނަ ވަކީލުން ބަލާ ފާސް ކުރުމުގެ ގޮތްތަކަށެވެ. އެގޮތުން ކުރިން އުސޫލު އޮންނަ ގޮތުން ފާސް ކުރުމުގައި މާ ބޮޑު ތަފްސީލެއް ބަޔާންކޮށްފައި ނުވެއެވެ.

މިހާރު އިސްލާހު އޮތް ގޮތުން ވަކީލުން ފުރަތަމަ ބަލާ ފާސް ކުރަން ޖެހޭނީ، ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމަށްޓަކައި މެޓަލް ޑިޓެކްޓަރު ނުވަތަ ވޯކްތްރޫ ގޭޓް ނުވަތަ އެކްސްރޭ މެޝިން ފަދަ އާލާތްތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތަށް ބަލާ ފާސްކުރުމަށްފަހު ޝައްކު ކުރެވޭ ނަމަ، ޖަލު ސަރައްހަދަށް އެމީހަކު ވެއްދުުގެ ކުރިން ޕެޓްޑައުން ސާޗް ކުރަން ވާނެ ކަމަށް އުޞޫލުގައި ބުނެއެވެ. އަދި އެގޮތަށް ބަލާ ފާސްކުރުމަށްފަހު، ޖަލަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތް ކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލު ކުރެވޭނަމަ، ބައްދަލުވުން ކެންސަލު ކުރުމުގެ ބާރު ޑިރެކްޓަރު އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ވާނެ ކަމަށް ވެސް އުޞޫލުގައި ބުނެއެވެ.

ބަލާ ފާސް ކުރެވޭ ފަރާތަކީ، އަންހެނަކު ނަމަ އެ ފަރާރެއްގެ ހަށިގަނޑު ބަލާ ފާސްކުރާނީ އަންހެން އޮފިސަރެއް ކަމަށާއި ފިރިހެނަކު ނަމަ ފިރިހެން އޮފިސަރެއް ކަމަށް އާ އުސޫލުގައި ބުނެއެވެ

ބަދަލު ގެނެވުނު މި އުޞޫލުގައި ޤާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކުރެވިފައިވާނެއެވެ. މިގޮތުން ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: