ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުޙައްޤުން އެއްވެސް މީހަކަށް ޙުކުމެއް ކޮށްފައެއް ނޯންނާނެ: ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސް ގާޒގގީގެ މަގާމުގައި ހުންނެވިއިރު ނުޙައްޤުން އެއްވެސް މީހަކަށް ޙުކުމެއް ކޮށްފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ. 

ހައިލަމް މިހެން ވިދާޅުވީ އޭނާ އިސް ފަނޑިޔާރަކަށް ހުންނެވިއިރު ވަކި ބަޔަކަށް ނުވަތަ މީހަކަށް ފައިދާވާ ގޮތަށް ހުކުމް ކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި މީހަކު ކުރި ތުހުމަތުތަކާއި ގުޅިގެންނެވެ. 

އެގޮތުން ހައިލަމް  ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެކިއެކި ފަރާތްތަކަށް ފައިދާވާ ގޮތަށް އަނިޔާވެރި ހުކުމްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މީހަކު ޓުވީޓް ކުރީ އެމްއޭސީއެލްއިން އަލަށް ހަދާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ނިންމުން ނިންމި ހުރިހާ ފަރާތްތަކާއި އެކަމަށް ތާއީދުކުރި ފަރާތްތަކުގެ މައްސަލަވެސް ބެލުން މުހިންމު ކަމަށް ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ. 

https://twitter.com/HameedMohamed20/status/1227975432055615488

ހައިލަމް ވިދާޅުވީ ނުޙައްޤުން އެއްވެސް މީހަކަށް ޙުކުމެއް ކޮށްފައެއް ނޯންނާނެ ކަމަށާއި އަދި މީހުން ރުއްސަން ކަންކުރުމަކީ އޭނާގެ ޠަބީޢަތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. 

ހައިލަމްގެ އެ ޓުވީޓަށް ރައްދު ދެއްވައި ހައިލަމް ވަކިބަޔަކަށް ފައިދާވާ ގޮތަށް ހުކުމް ކުރެއްވި ކަމަށް ތުހުމަތު ކުރި މީހާ ބުނީ ހައިލަމް ކްރިމިނަލް ކޯޓުގައި ހުންނެވި ދުވަސްވަރު ނުހައްގުން އެތައް ބަޔަކަށް ހުކުމް އިއްވާ އަނިޔާދީފައިވާކަން ކްރިމިނަލް ކޯޓަށް ދާ ވަކީޅުންނަށް އެނގޭނެ ކަމަށެވެ.

ހައިލަމް ވަކިބަޔަކަށް ނުވަތަ މީހަކަށް ފައިދާވާ ގޮތަށް ހުކުމް ކޮށްފައިވާ ކަމަށް ބުނެ މީހަކު ތުހުމަތު ކޮށްފައިވާއިރު ހައިލަމް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތް ނިމި އެ މައްސަލައިގައި ހުކުމް އިއްވަން ހަމަޖެހިފައި ވަނިކޮށް ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ތަހުގީގު ކުރުމަށް ފަހު ހައިލަމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: