ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތު އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން ރައީސް ޞާލިހުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ހިޒް އެކްސަލެންސީ ލޯޑް މާލޭންޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ހިޒް އެކްސަލެންސީ ލޯޑް މާލޭންޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ލޯޑް މާލޭންޑް ވަނީ ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅިފައިވާތީ އެކަން ފާހަގަކުރައްވައި ރާއްޖެއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ލޯޑް މާލޭންޑް ވިދާޅުވިއެވެ. އެގޮތުން މާލީދާއިރާއާ ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން އެހީތެރިކަމާ އެއްބާރުލުން ދެއްވާނެކަމަށް ލޯޑް މާލޭންޑް ވިދާޅުވިއެވެ.

ރައީސް ޞާލިހާއި ލޯޑް މާލޭންޑް ވަނީ ނޫއިޤްތިޞާދެއް ބިނާކުރުމުގައި އެހީތެރިކަމާ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ކޮމަންވެލްތުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓް ކައުންސިލާއެކު އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ލޯޑް މާލޭންޑް ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތައް ބައޮސްފިއަރ ރިޒާވްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި ކުރައްވަމުންގެންދަވާ މަސައްކަތަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: