ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލަންޓައިންސް ޑޭގެ ހަގީގަތް އެނގޭތަ؟

ވެލައިންޓައިންސް ޑޭ ފާހަގަކުރުމާ ދެކޮޅު ހަދަމާ ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލަންޓައިންސް ޑޭގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ މިއީ ތިޔަ ހީކުރާ ކަހަލަ ދުވަހެއް ނޫނެވެ. ދުވަހުގެ ކަލު ހަގީގަތް ނޭނގުމެއްގެ ތެރޭގައި އެތައް ދިވެހިންނެއް ވެސް މި ދުވަސް ފާހަގަކުރެއެވެ. ވެލަންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހުގެ ހަޤީޤަތަށް ބަލާއިރު، ތާރީޚު ބުނާގޮތުން މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ މީގެ 17 ގަރުނު ކުރިން ރޫމިންގެ ތެރޭގައެވެ. ނަޞާރާ ދީނުގެ ފާދިރީއެއް ކަމަށްވާ ވެލަންޓައިން އަށް ނިސްބަތްކޮށެވެ.

އެމްޕެރާ ކްލައުޑިސް 2ގެ ރަސްކަމުގައި ހަނގުރާމައިގައި ބައިވެރިވާ ސިފައިންނާއި ކައިވެނި ކުރުން މަނާކުރިއެވެ. ނަމަވެސް، ވެލަނަޓައިން ކިޔާ ކިޔާ މި ފާރިދީ އެ ހަނގުރާމަތަކުގެ ބައިވެރިންނަށް ކައިވެނިތަށް ކޮއްދެމުން ދިޔައެވެ. މިކަން ފަޅާ އެރުމާއިއެކު ވެލަންޓައިން މަރާލަން ހުކުމް ކުރެވި ޖަލަށް ލެވުނެވެ. ނަޞާރާ ދީނުގައި ފާރިދީންނަށް ލޯބި ވުމަކީ ޚަރާމް ކަމެއް ކަމުގައި ވީ ނަމަވެސް، މި ވެލަންޓައިން ކިޔާ ފާރިދީ ޖަލު ބަލަހައްޓާ މީހާގެ އަންހެން ދަރިޔާއި ލޯބީގެ ގޮތުން ސިއްރު ގުޅުމެއް ބޭއްވިއެވެ.

ދެން އެންޕެރާ ކްލައުޑިސް 2 އޭނާއަށް ހުށައެޅީ ނަޞާރާ ދީން ދޫކޮށް ބުދު ދީނަށް ވަނުމަށެވެ. އެގޮތަށް އެކަން ކޮއްފިނަމަ އޭނާގެ އަންހެން ދަރިޔާއި ކައިވެނި ކޮއްދިނުމުގެ އިތުރަށް އެތަށް އިނާޔަތްތަކެއް ދޭނެކަމަށް ވަޢުދުވިއެވެ. ނަމަވެސް ވެލަންޓައިން މިކަމާއި އިންކާރުކޮށް ދެކޮޅުހެދިއެވެ. ނަތީޖާއެއްވެ ގޮތުން މީލާދީން 270 ވަނަ އަހަރުގެ ފެބްރުއަރީ މަހު 14 ވަނައަށް ވީ ދުވަހު، ވެލަންޓައިން މަރާލެވުނެވެ. މަރާލެވުމުގެ ކުރިން ވެލަންޓެއިން އޭނާގެ ލޯބިވެރިޔާއަށް ނޯޓް ކޮޅެއް ލިޔެފައިވެއެވެ. އޭގައި ވަނީ “ލޯބިވާ ވެލަންޓައިންގެ ފަރާތުން” މިހެންނެވެ. އަދި އޭނާގެ ފަރާތުން ލިބުނު، ލޯތްބާއި އަޅާލުމަށް ޝުކުރު އަދާކޮއްފައިވެއެވެ.

އެހެންކަމުން ކޮންމެ އަހަރަކުވެސް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ޢައިރު މުސްލިމުން 14 ފެބްރުއަަރީ ފާގަކުރަމުންދެއެވެ. މީގެ ތެެރެއަށް މުސްލިމުން ވަންނަން މެދުވެރިވި ސަބަބަކީ އިސްލާމީ ޢަަގީދާ ބަލިކަށިވެ ސަޤާފަތް މުސްލިމުންގެ ތެރެއިން ނެތިދިއުން ކަމުގައި ދީނީ އިލްމުވެރިން ބުނެއެވެ.

ކޮންމެއަކަސް، މިފަދަ ޙަފްލާއެއް މުސްލިމުން ފާހަގަ ކުރުމަކީ އެއްގޮތަކަށްވެސް ހުއްދަ ކަމެއްނޫނެވެ. އެދުވަހު އެކަކު އަނެކަކަށް ލޯބީގެ ކާޑުތަކާއި މެސެޖްތައް ފޮނުވާ އަދި ކުލަކުލައިގެ މާތައް ފޮނުވާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

 “ފަހެ ބަޔަކާ ވައްތަރުވެގެންވީ މީހަކީ އެބައެއްގެ ތެރެއިންވާ މީހެކެވެ.”

ދެމަފިރިންގެ ދެމެދުގައިވާ ޙަޤީޤީ ލޯތްބަކީ الله سبحانه وتعالى ލައްވަވާ އެއްޗެކެވެ. އަދި ހަމަ އެގޮތަށް ރަނގަޅު ހިތްހަމަ ޖެހޭ ދިރިއުޅުމަކީވެސް އެއިލާހު ދައްވާ އެއްޗެކެވެ.

ވީމާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންނަށް އޮތީ الله سبحانه وتعالى އެންގެވި ގޮތަށް ޢަމަލުކޮށް އެއިލާހުގެ މާތް ނަބިއްޔާ صلى الله عليه وسلم ހިންގެވި ފިޔަވަޅުތައް މަތީގައި ހިނގުމެވެ. ފަހެ އަޅުގަނޑުމެން އެންމެންނަކީވެސް އެފަދަ ބައެއް ކަމުގައި ލައްވާށިއެވެ! آمين.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: