ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހިއްޔާގެ އިމާރާތް އަނދާ އަޅިއަށް!

އިސްލާހިއްޔާ އިމާރާތުގައި ރޯވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި ހުންނަ، ކުރީގެ “އިސްލާހިއްޔާ” އިމާރާތުގައި ރޯވެ އަނދައިފި އެވެ.

އެނގިފައިވާ ގޮތުގައި، މިހާރު ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އެ އިމާރާތުގައި ރޯވެފައި ވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ވެސް ހަރަކާތްތެރިވި ކަމަށެވެ. 

އެމްއެންޑިއެފުން ބުނީ، އާންމު ރައްޔިތުންނާއި ގުޅިގެން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވީ ޓިނުން ހަދާފައި ހުރި އިމާރާތެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިމާރާތް ވަނީ ބެނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މީގެ އިތުރުން، އަލިފާން ރޯވުމުގެ ކުރިން ވެސް އެއީ ބެނުންކުރާ އިމާރާތެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: