ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރުއާނާއި އިސްލާމް ދީނަށް މި ސަރުކާރުން އަހައްމިއްޔަތުކަން ނުދޭ – އާދަމް ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ މަޑައްވަރީ ދާއިރާ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޑް 9،10 ގެ ދަރިވަރުންނަށް ގުރުއާން މާއްދާގެ އިމްތިހާން މަޑު ޖައްސާލުމުން އެނގެނީ، ގުރުއާނާއި އިސްލާމް ދީނަށް މި ސަރުކާރުން އަހައްމިއްޔަތުކަން ނުދޭ މިންވަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑައްވަރީ ދާއިރާ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، އިދިކޮޅުން ރޭ ބޭއްވި އެކޯލިޝަން އޮފީހުގައި ބޭއްވި ޖަލްސާގައި، އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާ އަށް ރައްދުދެއްވަމުންނެވެ.

އެޑިއުކޭޝަނުން ވަނީ ގްރޭޑް 9، 10 ގައި ކިޔަވަމުންދާ ކީ ސްޓޭޖް ހަަތަރެއްގެ ދަރިވަރުން ގުރުއާން މާއްދާގެ އިމްތިހާނަށް ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، އެ މާއްދާއަށް އިމްތިހާން ކުރުން މަޑު ޖައްސާލަފަ އެވެ. އެގޮތުން މިހާރު ކީ ސްޓޭޖުގައި ތިބި ދަރިވަރުންނަކީ، އެ ހުރިހާ މަރުހަލާތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށްވުމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކާ ކުރިމަތުވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރުން ތިބީ އިމްތިހާނެއް ހަދަން ތައްޔާރުކެރެވިފައި ނޫން ކަމަށް މިނިސްޓަރީން އިއްޔެ ނެރުނު ސާކިއުލާގައި ބުނެ އެވެ

“ކިހިނެތްތޯ ސަރުކާރަށް ބުނެދޭނީ އެހެން މާއްދާތަކަށް ދަރިވަރުންތިބީ ތައްޔާރުވެފައި ކަން. ކަނޑައެޅިގެން ސަރުކާރުގެ ރޭވުމެއްގެ ދަށުން ގުރުއާނާއި އިސްލާމް ދީނަށް މި ސަރުކާރުން އަހައްމިއްޔަތުކަން ނެތް ކަން ރައްޔިތުންނަށް އަންގައި ދިނުމަށްމައްޓަކައި ސީދާ ރައްޔިތުން ޓެސްޓު ކުރަނީ. ރައްޔިތުންނަށް ގޮންޖަމުން އެދަނީ،” ސާކިއުލާގައި ހުރި ވަހަކަތަކަސް ރައްދުދެއްވަމުން އާދަމް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މިނިސްޓްރީން އެ އިމްތިހާން މަޑުޖައްސާލިކަމަށް ބުނުމަކީ ކަނޑައެޅިގެން އޮޅުވާޅުން ކަމެވެ. ގްރޭޑް 10 ގެ ދަރިވަރުންނަށް ދެން އެ އިމްތިހާނެއް ނުހެދޭނެ ކަން ސަރުކާރަށްވެސް އެނގޭނެ ކަމަށާއި އެއީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި އާދަމް ޝަރީފު ސިފަ ކުރެއްވި އެވެ.

“އަޅުގަނޑު ދަންނަވާނީ ތަކުރާރުކޮށް އެޑިއުކޭޝަން [އައިޝަތު އަލީ] މިނިސްޓަރު ރާއްޖޭގެ ތައުލީމީ ވުޒާރާއިން ނުކުންނަވައިގެން ގެއަށް ވަޑައިގަންނަވަން. އެކަމަނާ ވަޑައިނުގަންނަވާ ކަމަށްވާނަމަ، ކުރީގެ އެމްޑީޕީ ސަރުކާރަށް ހެދި ގޮތަށް ރައްޔިތުން ނުކުމެ، ޑަބިޔާ ޖަހައިގެން ކަމަށްވިޔަސް، މަގުމަށްޗަށް ނުކުމުގެން ކަމަށްވިޔަސް، އެޑިއުކޭޝަން މިނިސްޓަރު އެ މަގާމުން ވަކިކޮށްފައި ނުނީ ރައްޔިތުން މަޑަކުން ނުތިބޭނެ. އެހެން ނޫނީ ގުރުއާނަށް ދޭން ޖެހޭ ސަމާލުކަން ދެއްވާށޭ،” ވާހަކަކޮޅު ނިންމާލަވައްމުން އާދަމް ޝަރީފު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު އަލީ ސޮއިކޮށް އިއްޔެ ނެރުނު ސާކިއުލާގައި ބުުނީ، ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު އެ މަންހަޖެއްގައިވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިހާރު ކީ ސްޓޭޖުގައި ތިބި ދަރިވަރުންނަކީ، އެ ހުރިހާ މަރުހަލާތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށްވުމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކާ ކުރިމަތުވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރުން ތިބީ އިމްތިހާނެއް ހަދަން ތައްޔާރުކެރެވިފައި ނޫން ކަމަށް މިނިސްޓަރީގެ ސާކިއުލާގައި ބުނެ އެވެ.

އެޑިއުކޭޝަނުން މި ސާކިއުލާ ނެރެފައި ވަނީ، އެސްއެސްއީ އިމްތިހާނުގައި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް ޕެޓިޝަނެއްވެސް ހުށައަޅާފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: