ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ކާރެއް މުޑި އަރައި ގެއްލުންތަކެއް!

މުޑިއެރި ދެކާރު ---ފޮޓޯ މީސްމީޑިޢާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ދެ ކާރެއް މުޑި އަރައި ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެނގިފައިޥާ ގޮތުގައި މި ހަދިސާ ހިނގީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ސިފައިންގެ ފްލެޓްތައް ކައިރިންނެވެ.

ޕްރައިވެޓް ދެ ކާރު މުޑި އަރައި މި ނުރައްކާތެރި ހާދިސާ ހިނގިއިރު ދެކާރުގައި ވެސް ޑްރައިވަރުންގެ އިތުރުން އިތުރު މީހަކު ނެތް ކަމަށް މައުލޫމަތު ލިބެއެވެ. އަދި އެ ދެމީހުންނަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވެއެވެ.

އެ ކާރުތައް މިހާރު ވަނީ އެސަރަހައްދުން ނަގައިގެން ގެންގޮސްފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި މިހާތަނަށް ލިބިފައި ނުވެއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް، އޭގެ އެންމެ އެދެވޭ ނަތިޖާ އަދި ނުފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: