ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ސީޕްލޭން ޓާމިނަލްގެ މައްސަލަ: އަޅުގަނޑާ އެމްއޭސީއެލްއާ ވެސް ޓީއެމްއޭއާ ވެސް ގުޅޫމެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްއިން އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ ބޮޑުބައެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ޓީއެމްއޭއާއި އަދި އެމްއޭސީއެލްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމްއޭސީއެލްއާ ވެސް އަދި ޓީއެމްއޭއާ ވެސް އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އަތުލިޔުމުން ލިޔުއްވާފައިވާ ލިޔުމެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެ ލިޔުމަކީ އެމަނިކުފާން މީސްމީޑިއާގައި ހިއްސާ ކުރެއްވި ލިޔުމެއް ނޫނެވެ. އަދި އެ ލިޔުން އެމަނިކުފާންގެ ރަސްމީ ޓުވިޓާ އެކައުންޓުން ވެސް ޓުވީޓް ކުރައްވާފައެއް ނުވެއެވެ. 

ރައީސް ނަޝީދުގެ ސޮއި ކުރައްވާފައިވާ އެ ލިޔުމުގައި ވިދާޅުވެފައި ވަނ ީވެލާނާ އެއާޕޯޓް އާއި ގުޅޭ ވާހަކަތައް އެމަނިކުފާން ދައްކަވާ މޭރުމުން ދައްކަވަމުން ގެންދަވަނީ އެއާޕޯޓުގެ މައްސަލަ އަވަހަށް ނުނިމިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ ކަމަށް އެމަނިކުފާން ދެކެލައްވާތީ ކަމަށެވެ. އަދި އެމަނިކުފާނާއި ގުޅުން އޮންނަނީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނާ ކަމަށް އެ ލިޔުމުގައި ވަނީ ވިދާޅުވެފައެވެ. 

https://twitter.com/IqbaalAhmed17/status/1228246038995066880/photo/1

ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނިކޮށް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މުއާމަލާތްތަކާ ގުޅުވައި އަވަސް ހައްލެއް ނުހޯދައިފި ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވެފައި ވެ އެވެ.

ނަޝީދު ވިދާޅުވަނީ ގޮތެއް ނުހޯދިއްޖެ ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ލިޔެ، ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތީސް ވެސް މިހާ އަވަހަށް އެ ކުންފުންޏަށް ދައުލަތުން ބަދަލު ދޭންޖެހޭ ވާހަކަ ނަޝީދު ދައްކަވާތީ ބައެއް މީހުންގެ ނުރުހުން ވަރަށް ބޮޑެވެ.

ނަޝީދު ކުރިން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރާއި ޓީއެމްއޭ ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިއްމު ކަމަށެވެ. ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިންގާފައިވާ ނަމަ އެކަން ކުރި ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: