ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި އޮތް އެސްޓީއޯގެ ހިއްސާ ދޫކޮށްލައްވައިފި

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް (އޭއައިއޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ އިންޓަރނޭޝަނަލް އެއަރޕޯރޓް (އޭއައިއޭ) ގައި އޮންނަ އެސްޓީއޯގެ ހިއްސާ އެކުންފުނީން ދޫކޮށްލައްވައިފިއެވެ.

އެސްޓީއޯއިން ހިއްސާ ދޫކޮށްލުމަށްފަހު، އެސްޓީއޯގެ ހިއްސާތައް އެކުންފުނީގެ މައިހިއްސާދާރު ކަމަށްވާ ދިވެހިސަރުކާރުގެ ނަމަށް ބަދަލުކޮށްފައި ވެއެވެ. އަދި އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދިވެހި ސަރުކާރަށް ބަދަލުކޮށްފައިވަނީ އެސްޓީއޯގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށެވެ.

އެސްޓީއޯއިން ހިއްސާތައް ދޫކޮށްލުމުގެ ކުރިން، އޭއައިއޭގެ ހިއްސާ އޮންނަނީ އެސްޓީއޯގެ އިތުރުން ދިވެހި ދައުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަށެވެ.  އެ ކުންފުންޏަކީ 2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ

އޭއައިއޭގައި  އެސްޓީއޯ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00 ރުފިޔާގެ 40,000.00 އާންމު ހިއްސާއެވެ. އެކުންފުނީގައި އެސްޓީއޯގެ 10 ޕަސެންޓު ހިއްސާ އޮވެއެވެ. ސަރުކާރުގެ ހިއްސާއަކީ 60 ޕަސެންޓެވެ. އޭއައިއޭގައި އޮންނަ ހިއްސާދޫކޮށްލަން ނިންމިކަން އެސްޓީއޯއިން ވަނީ އިއުލާން ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: