ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ލޯން ދޫކުރަނީ

ދަރިވަރުންތަކެއް - ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން 550 ލޯނު ދޫކުރަން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ، އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭ މި ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މާރިޗު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވަ ކަމަށެވެ.

 ލޯނުގެ ފުރުސަތުތަކާ އެކު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ދަރިވަރުން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި ލޯނު ދޭނެ ކަންކަމާއި ލޯނުގެ ބޭނުންހިފުމާއި ލޯނު އަނބުރާ ދެއްކުމާއި ލޯނު ބޭނުންކޮށްގެން ކިޔަވައި ނިންމާ ދަރިވަރުން ހިދުމަތްކުރުމުގެ އުސޫލުތައް ވެސް އާންމުކޮށްފަ އެވެ.

ލޯނުގެ ފުރުސަތުތައް ހުޅުވާލައި އެކަން އިއުލާނުކުރެއްވީ މިއަދު ބެއްވި ނޫސް ކޮންފަރެންސްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މި ލޯނަށް އެދި ހުށައަޅެމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑުކުރެވޭނެއެވެ. އަދި ފޯމް ހުށައަޅާތާ 5 ދުވަސްތެރޭގައި ފޯމް ބަލައި ޗެކްކުރުމަށްފަހު ދަރިވަރަށް ސްޓޭޓަސް އަންގާނެ ކަމަށް މިނިސްޓްރީން ބުނެެއެވެ.

ލޯނުގެ ދަށުން ކިޔެވޭނެ ކޯސްތަކާއި، ލޯނަސް އެދި ހުސައެޅުމުގެ ޝަރުތުތައް އަދި ޕޮއިންޓު ދިނުމުގައި ބަލާ މިންގަނޑު އެ މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: