ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި އޭރިއާ ކޮމާންޑުގެ ޚިދުމަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އުއްމީދުކުރަން – ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ----
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި ސަރަހައްދުތަކުގެ ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދެވޭނެ ގޮތަށް އޭރިއާ ކޮމާންޑުގެ ޚިދުމަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައިސް ވިދާޅުވީ، އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބަށް ފަހު ކައުންސިލްތައް ބާރުވެރިވެ، މުޅި ރާއްޖެ ހަގީގީ ލާމަރުކަޒީ ނިޒާމަކުން ހިންގަން ފަށާނެ ކަމަށާއި މި ބަދަލު އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނީ، ކައުންސިލްތަކާ އެކު ސިފައިން ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ.

 

 

“ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި ސަރަހައްދުތަކުގެ ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދެވޭނެ ގޮތަށް އޭރިއާ ކޮމާންޑުގެ ޚިދުމަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް ދިފާއީ އައްޑަނައަކީ ސިފައިން ކަމަށާއި އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްކުރާ ކިއްލާއަކީ ވެސް ސިފައިން ކަމަށެވެ.

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“ދުނިޔޭގެ ގައުމުތަކާ ކިތަންމެ ދުރުގައި އޮތަސް މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް،” ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހު ވިދަޅުވީ، ރާއްޖެ ކުޑަވެފައި މީހުންކޮޅު މަދަސް ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ބޮޑު ކަމަށެވެ.

އެގޮތުން، ދުރު ގައުމުތަކުގައި ފެތުރޭ ވަބާތަކާއި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ލޮޅުން އަރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި ސިފައިންގެ ޚިދުމަތަކީ، އިނާމަކުން މުދަލާއި ފައިސާއިން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫންކަމުގައި ވިދާޅުވެ ސިފައިންވަމުންދާ ޤުރުބާނީއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: