ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޕްރީލް 4 ގައި ކޯލިޝަންގެ މޫނު އަޅާނަން: ދޮންބިލެއް

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު “ކޯލިޝަންގައި މޫނު އަޅާނަން” ކަމަށް ވިދާޅުވެ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެވުނު ބަހުސެއްގެ ތެރެއިން ދޮންބިލެއް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށެވެ. އަދި އެ ކާމިޔާބީއާއިއެކު ކޯލިޝަން އުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ލިބިއްޖެ ނަމަ، ޤާސިމް އިބްރާހިމާއި ރައިސް މައުމޫނާއި އިމްރާން އަބްދުﷲ އާއެކު މަސައްކަތް ނުކުރާނެ ކަމަށާއި އެމީހުންނާއިއެކު ސަރުކާރު ހިންގެން ނެތް ކަމަށެވެ.

ރައްޔިތުން ބޭނުންވާ ވެރިކަމެއް ކުރެވޭނީ ކޯލިޝަން އުވާލައިގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ 4 އޭޕްރީލް ވެގެންދާނީ އެމްޑީޕީއަށް އުފާވެރި ދުވަހެއްގެ ގޮތުގައި ކަމަށެވެ.

 

“އަޅުގަނޑުމެންގެ އުންމީދަކީ ކޯލިޝަންގެ ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށް އިންތިހާބާ އެކީގައި،” ދޮންބިލެއް ވިދާޅުވިއެވެ.

ދޮންބިލެއް ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ތިބި ޖޭޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްގެ މިނިސްޓަރުން ތިބި މިނިސްޓްރީތަކަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭ ކަމަށެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް މަސްވެރިންނަށްޓަކައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވި އެވެ. އަދި ޒަހާއާ ދޭތެރޭގައި ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

ޒަހާއަކީ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ކޯލިޝަންގެ ވަޒީރުން ވަކި ކުރަން ޖެހޭ ކަމަށް ހަލީމް ވިދާޅުވިއިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެކަމަކު، އެ މައްސަލަ އަދި މަޖިލިހަށް ނުވައްދައެވެ. އިސްލާމިކް މިނިިސްޓަރަކީ އާދަލަތު ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: