ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިހުގައި މެމްބަރަކު ދައްކަވާ ވާހަކައަކުން ތަހުގީގެއް ނުކުރެވޭނެ: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ދައްކަވާ ވާހަކައަކާއި ގުޅިގެން ތަހުގީގު ކުރުމުގެ ބާރެއް އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާނެ ކަމަށް މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވައްކަންކޮށްފައި ތިއްބެވި ބޭފުޅުންގެ ކަންކަން ފޮރުވަން އޭސީސީގައި ތިއްބެވި މެމްބަރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރައްވައި އާޒިމް ވިދާޅުވީ، ރައްޔިތުން އަތުން އެކިއެކި ނަންނަމުގައި ފައިސާ ނެގުމަށް ފަހު، ފައިސާ ބޭނުން ކުރަނީ ދައުލަތް ހިންގަން ތިބި މީހުން ވައްކަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ބަޔަކަށް ކޮންޓްރެކްޓް ދިން ކަމުގައިވިޔަސް، މީހާގެ ޖީބަށް ފައިސާ ވަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

“ނަމަވެސް އެކަން ބެލުން އަވަސްކޮށްލާފައި މީގެކުރިން ވައްކަންކޮށްފައި ހުރި މީހުންގެ ކަންކަން ފޮރުވުމަށް އެކަންކަން ލަސް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތިއްބެވި މެމްބަރުން މަސައްކަތް ކުރަމުންދާ ކަން މި ފުރުސަތުގައި ފާހަގަ ކުރަން،” އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވިއެވެ.

 

އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ޖެހޭ އިރު، އެކަން ކުރެވެން އޮތީ ފައިސާ ނަގާފައި ތިބި މީހުންނަށް ފުރަތަމަ އަދަބުދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: