ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ކާރުކޮޅަށް ފެން އެޅުނީ ޓެރަސްގައި ހުރި ގަސްތަކަށް ފެންދިނުމުގެ ތެރޭގައި!

ސެޕްޓެމްބަރު 12، 2019: ރައީސް ސޯލިހް -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކާރުކޮޅަށް ފެން އެޅުނީ ގަސްދުގައި ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ހެންވޭރުގައި ހުރި އިމާރާތެއް ކަިރީގައި ރައީސްގެ ކާރުކޮޅު އޮއްވައި، އެ އިމާރާތުގެ އެޕާޓްމަންޓަކުން ފެން އެއްޗެއް ބަންޑުންކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަަލަ ބެލި އިރު އެ ހާދިސާ ހިނގައިފައި ވަނީ ޓެރަސް މަތީގައި ހުރި ގަސްތަކަށް ފެން ދިނުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ. އަދި އެއީ ގަސްދުގައި ކޮށްފައިވާ ކަަމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަންޏެވެ.

ފެން އެޅިފައިވަނީ އެމަނިކުފާނުގެ ރަސްމީ ކާރުކޮޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: