ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އިސްތިއުފާދެއްވައިފި

(ބީއެމްއެލް)ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލުން ވަނީ އޭނާ އިސްތިއުފާދެއްވައިވާކަން ހާމަކޮށްފައެވެ.

އެގޮތުން، ބީއެމްއެލުން ބުނީ، އެ ބޭންކަށް 25 އަހަރަށްވުރެން ގިނަ ދުވަހު ހިދުމަތް ކުރެއްވި، ޝަރީފް އިސްތިއުފާދެއްވީ މިއަދު ކަމަށެވެ.

މީގެ ކުރިން އޭނާ ވަނީ، ބީއެމްއެލްގެ ކާޑް ސެންޓާރުގެ ހެޑްގެ މަގާމާއި  ރީޓެއިލް ބޭންކިންގެ ޑައިރެކްޓަރުން އަދި އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޝަރީފް ވަނީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މި ކޮމިޓީގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ މަޖިލީހުގެ ފަރާތުން ވަނީ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

އޭނާ އިސްތިއުފާދެއްވި ސަބަބެއް އަދި އެނގިފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: