ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ލީކުވަމުންދާ އޯޑިއޯތަކަކީ ސަރުކާރުގެ ތެރެއިން ނުކުންނަ އެއްޗެހި – އާދަމް ޝަރީފް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލީކްކުރަމުންދާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯތަކަކީ ސަރުކާރުގެ ތެރެއިން ނުކުންނަ އެއްޗެހި ކަމަށް ޕީއެންސީގެ ނައިބްރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝަރީފު ވިދާޅުވީ، ލީކްކުރަމުންދާ އޯޑިއޯތަކުގެ ސަބަބުން ފިޔަވަޅެއް ނޭޅިއްޖެ ނަމަ ސަރުކާރު ވެއްޓޭނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ، މިނިސްޓަރުންނަކީ އަދި ވަޒީފާތަކުގައި އުޅޭ އެހެން މީހުނަކީ ވެސް އިޚްތިރާމާއެކު އެންމެނާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ބައެއް ކަމަށެވެ.

“ލީކްސް އެމްވީ”ގެ ނަމުގައި ޓްވިޓަރގައި ސިލްސިލާކޮށް ލީކް ކުރަމުންދާ އޯޑިއޯތަކަކީގެ ސައްހަ އޯޑިއޮތަކެއް ނޫން ކަމަށާއި އެ މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް ޓޫރިޒަމް މިނިސްޓަރ އަދި ޖޭޕީ ރައީސް ޢަލީ ވަހީދު އެދިލައްވައިފިއެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ޢަލީ ވަހީދު ވިދާޅުވީ، ލީކް ކުރަމުންދާ އޯޑިއޯތަކުގެ ފުރިހަމަ ތަޙްޤީޤެއް ކުރުމުން ހަޤީޤަތް ސާފުވާނެ ކަމަށެވެ.

“ފުރިހަމަ ތަޙްޤީޤެއް ކުރުމުން ހަޤީޤަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށްވެސް ތަޙްޤީޤު ހިންގަވާ. ހަޤީޤަތް ފެންނާނެ.” ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދައުރުކުރަމުން ގެންދަނީ ޞައްޙަ އޯޑިއޯތަކެއް ނޫން ކަމަށާއި އެއީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށުދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށެވެ.

“އަނެއްކާވެސް ތަކުރާރު ކޮށްލަން. ދައުރުކުރަމުން ގެންދަނީ ޞައްޙަ އޯޑިއޯތަކެއް ނޫން. އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށުދަރަޖައިގެ ހުތުރު ޖަރީމާއެއް.” ޢަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އިއްޔެ ފުލުހުން ވިދާޅުވެފައިވަނީ ލީކް ކުރަމުންދާ އޯޑިއޯތަކުގެ މައްސަލަ އެއްވެސް ފަރާތަކުން ފުލުހަށް ހުށަހަޅާފައި ނުވާކަމަށާއި، އެ އޯޑިއޯތަކުގެ މައްސަލަ ފުލުހުން ބަލަމުން ނުދާކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވާ ގޮތުން އެ އޯޑިއޯގައި އެއްވެސް ހަގީގަތެއް ނެތެވެ. އެއީ ބަޔަކު އޭނާގެ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއްކަމަށް އޭނާ ވިދާޅުވެއެވެ. އެއަށްފަހު އޯޑިއޯގައި އަލީ ވަހީދުކަމަށް ބެލެވޭ މީހާއާއި އެކު ހުންނަވާ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސައްދު އަލީ ވެސް އެ ވީޑިއޯއަކީ “ފޭކެއް” ކަމަށް ވިދާޅުވިއެވެ. އައްސަދު ވިދާޅުވާގޮތުންނަމަ އެއީ އެފްއޭއެމް އިންތިހާބުގައި ބައްސާމު އަލީ ޖަލީލާއި ދެކޮޅަށް އެހެން މީހަކު ނެރެފާނެތީ ބަޔަކު ހިންގާ އަމަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: