ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަހެއްނުވެ އެމް.ޑީ.ޕީ ސަރުކާރުގެ ކަށުކަމާ ކެމީގެ ކަންކަން ފެށުނީ ކަމަށް ބަލާ! – ނިހާން

ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން
ޝެއާރކޮށްލާ ކަހަލަދޯ؟

 އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރު ކޯލިޝަންގައި “މޫނު” އަޅާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މަޖިލިހުގައި މިއަދު ވިދާޅުވުމުން، ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރައްދުދެއްވައިފިއެވެ.

މިހާރު ޖުމްހޫރީ (ޕާޓީ) ޖޭޕީގައި ހުންނެވި ނިހާން ވިދާޅުވީ، އެގޮތައް އެކަން ކޮށްފި ނަމަ ލަހެއްނުވެ އެމް.ޑީ.ޕީ ސަރުކާރުގެ ކަށުކަމާ ކެމީގެ ކަންކަން ފެށިގެންދާނެ ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރުކަން ވެސް ކުރެއްވި، ނިހާން މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ސަރުކާރު ކޯލިޝަންގައި “މޫނު” އަޅާނެ ކަމަށް މިއަދު ވިދާޅުވެ، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ހަލީމް އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ލިބިއްޖެ ނަމަ، ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ ލީޑަރުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމް އަދި އިމްރާން އަބްދު ﷲ އާ އެކީގައި މަސައްކަތް ކުރެއްވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ހަލީމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ. އަދި އެ އިންތިހާބަށް ފަހު، ރައްޔިތުން އެދޭ ކަހަލަ ވެރިކަމެއް އެމްޑީޕީ އަށް ކުރެވޭނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: