ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނޮޕޮލީ ކުޅޭ އުސޫލު އެއްވެސް ބަޔަކަށް ދީގެން ނުވާނެ: މަންތާ އެއާ

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ބޭއްވި މަޖިލީހުގެ ކޮމިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީއެމްއޭއިން ޑިމާންޑްކުރަމުން ދާ ގޮތަށް އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ކޮންޓްރޯލް އެ ކުންފުންޏަށް ދީފި ނަމަަ ސީޕްލޭން ވިޔަފާރީގެ ވާދަވެރިކަމަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް މަންތާއިން ބުނެފިއެވެ.

މަންތާއެއާއިން އެދިގެން، މާލިއްޔަތު ކޮމިޓީން ވަނީ އެ އާލައިން އާއި ބައްދަލުކޮށްފައެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން މަންތާގެ ސީއޯއޯ މުހައްމަދު ހަލީލް ވިދާޅުވީ މިއީ ވަރަށް ބޮޑު ރޭވުމެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ. ޓީއެމްއޭއިން ލައުންޖް ހެދުމަށް އެހެން ރިސޯޓުތަކަކަށް ދޫކޮށްފިނަމަ ބާކީ ރިސޯޓަކަށް ފަތުރުވެރިން ގެންދިއުމަށް ސީޕްލޭންތަކަށް އޮތް ފުރުސަތު ގެއްލިގެން ދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ަސީޕްލޭން ޓާމިނަލް މައްސަލައިގައި ޓީއެމްއޭއިން އަމަލު ކުރާ ގޮތް ހަލީލް ސިފަ ކުރެއްވީ “މޮނޮޕޮލީއެއް” ގެ ގޮތުގައެވެ. ހަލީލް އެދުނީ ޓާމިނަލްގެ މައްސަލައިގައި ބަޔަކަށް މޮނޮޕޮލީ ކުޅޭ އުސޫލު ދޫނުކުރުމަށެވެ. ޓީއެމްއޭއަށް ބޮޑ ޖާގަ ދިނުމަށް ހަލީލްވެސް ދެކޮޅެއް ނޫނެވެ. އެހެން ނަމަވެސް އޮޅުވާލުންތަކެއް ގެންގުޅުން އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް ހަލީލް ވިދާޅުވީ އަމިއްލަ މަންފާ އިސްކުރުމުގެ ފުރުސަތު އެއްވެސް ކުންފުންޏަކަށް އޮވެގެން ނުވާނެ ކަމަށެވެ.ާ

“އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެ ނިންމުންތައް ވާން ޖެހޭނީ ކޮމްޕެޓެޓިވް ގޮތަކަށް އިންސާފުވެރިކަމާއެކު ކުރެވޭ ކަހަލަ ގޮތަކަށް ނިންމޭ ނިންމުމަކަށް،” ހަލީލް

ފަތުރުވެރިކަމުގެ ދާއިރާގައި، ބައެއް ބޭފުޅުން އަމަލު ކުރަމުން ގެންދާ ގޮތުން މޮނޮޕޮލީއަކަށް ޖާގަ ދެވި ދާއިރާ ކުރިއަރަންޖެހޭ ސްޕީޑުގައި ކުރިޔަކަށް ނުދާކަމަށް ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި، އެއީ މި މަސައްކަތުގައި އުޅޭ ކުންފުނިތަކަށް ނުކުރެވޭނެ ކަމެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށެވެ. އެހެން ކަމުން، އެ ފިޔަވަޅު އެޅިއްޖެ ނަމަ ޗޮއިސްތައްގެއްލި ބާގެއިން ޕަވާއެއް ނޯންނާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ޓީއެމްއެއޭއަކީ މިވަގުތު އޮތް އެންމެ ބޮޑު އަދި ވަރުގަދަ ސީޕްލޭން އޮޕަރޭޝަރު ކަމަށާއި، ފަސް ހާހުގެ އަކަމީޓަރެއް އެ އުސޫލުގެ ދަށުން ބަލާ، އެހެން ކުންފުނިތަކަށް ވެސް ފުރުސަތު ލިބޭނަމަ ލައުންޖް އެ ކުންފުންޏަށް ދިނުން ހަލީލުގެ ނަޒަރުގައި ގޯހެއް ނޫނެވެ. ހަލީލް ވަނީ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭއިން ބައެއް ކަންތަކާއި ގުޅޭގޮތުން އިތުރުފުޅުތައް ހައްދަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑެޑިކޭޓެޑް ލައުންޖްތަކަކީ ރިސޯޓްތަކުން އަމިއްލައަށް އިންވެސްޓްކޮށްގެން ހަދައި، އެތަންތަން ހިންގުމުގެ ހުރިހާ ޚަރަދެއް ރިސޯޓްތަކުން ކުރާ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްއޭސީއެލްގެ މައްސްއޫލިއްޔަަތަކަށް ވާނީ އެތަންތަން ރިސޯޓްތަކަށް ކުއްާޔަށް ދިނުންކަމުގައި ހަލީލް ވިދާޅުވިއެވެ.

“އެއީ މޮނޮޕޮލީއެއް އޮތީމާ، ކޮންމެ ބަޔަކަށް ވެސް، އަޅުގަނޑުމެންނަށް ވިޔަސް، އަޅުގަނޑުމެންގެ ޕްރައިސް ކޮންޓްރޯލް ކުރެވޭނެ. ޕްރައިސް ކޮންޓްރޯލް ކުރެވުނީމާ އިތުރު ޗޮއިސްއެއް ނެތީމާ ބާގެއިނިން ޕަވާއެއް ނޯންނާނެ އެއްވެސް މީހަކަށް،” ހަލީލް

ހަލީލް ވިދާޅުވި ގޮތުގައި ޑެޑިކޭޓެެޑް ލައުންޖްތައް ހިންގާ ރިސޯޓްތަކުން ޓީއެމްއޭއަށް ވަރަށް ބޮޑު ފީއެއް ވެސް ދައްކަ އެވެ. އެއީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓްތައް ވެސް މެނޭޖްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މިހާރުވެސް ޓީއެމްއޭގެ ހިދުމަތް ބޭނުންކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އަގުތައް އެނގިވަޑައިގަންނަވަނީ އެހެންވެ ކަމަށް އޭނާ ވިދާވުވި އެވެ.

މީގެ އިތުރުން ހަލީލު ވިދާޅުވީ، ޑެޑިކޭޓެޑް ލައުންޖުތަަކަކީ ރިސޯޓުތަކުގެ އަމިއްލަ ކޮންސެޕްޓުތަކަށް ތަރައްގީކޮށް ހިންގާ ތަންތަން ކަމަށެވެ. އަލަށް ހެދި ޓާމިނަލްގައި ލައުންޖު އޮޕަރޭޓުކުރާނެ ޖާގަ ތަރައްގީކޮށްފައިވުމާއި އެކު ވެސް އެމްއޭސީއެލްގެ ހަރަދުތަކެއް ނުހިނގާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

“އޮޕަރޭޓަރު މި ދައްކަނީ ޖާގަ. ރިސޯޓުތަކުން އަމިއްލައަށް އިންވެސްޓު ކުރަނީ. އެތަނަށް ކާބޯތަކެއްޗާއި މުވައްޒަފުންނާއި ބޭނުންކުރާ އުޅަނދުފަހަރާއި އެ އުޅަނދު ދުއްވާނެ ޑްރައިވަރާއި އުޅަނދަށް އަޅާނެ ތެލަށް ވެސް ހަރަދު ކުރަނީ ރިސޯޓުތަކުން” ހަލީލު

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ބޭއްވި މަޖިލީހުގެ ކޮމިޓީ

ހަލީލް ވިދާޅުވީ، އިތުރު މަސައްކަތަށް ވާނީ ޑެޑިކޭޓަޑް ލައުންޖު ހިންގަން ބޭނުންވާ ރިސޯޓުތަކާއި އެކު ކޮންޓްރެކްޓު ހެދުން ކަމަށެވެ. އެހެން ކަމުން އެމްެއޭސީއެލްއިން އެ މަސައްކަތް ކުރާނަމަ އިިންސާނީ ވަސީލަތްތައް ތަރައްގީވުމުގެ އިތުރުން މޫވްމެންޓުތަކަށް ބަދަލު އަންނާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ އާ ޓާމިނަލުން ޖާގަ ދޫކުރާނެ ގޮތާ ބެހޭ ގޮތުން އެމްއޭސީއެލްއިން މަޝްވަރާއަށް ފްލައިމީ އާއި އައިލޭންޑް އޭވިއޭޝަން ގެންދިއުމުން އެކަމާ ޝަކުވާކޮށް އެމްއޭސީއެލްއިން މި ތިން ކުންފުނި ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

“އެ ދުވަހު ޓީއެމްއޭ ފަޒީލު ބުނީ މިތަނަށް މަންޓާއާއި ފްލައިމީ ގެންނަންޖެހޭ ސަބަބެއް ނޭނގެއޭ، މި ޓާމިނަލަކީ ޓީއެމްއޭއިން ހެދި ޓާމިނަލެކޭ.” ހަލީލު

މަންޓާއިން ބުނީ އެމްއޭސީއެލް އިން އާ ޓާމިނަލާ ގުޅޭ ގޮތުން އެ ކުންފުންޏާ އެކު ވެސް ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރި ކަމަށާއި ބައްދަލުވުންތަކާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގެ ސެކްރެޓޭރިއެޓުގެ މެއިލް ފޮނުވާފައިހުރި އީމެއިލްތައް ވެސް ހުންނާނެ ކަމަށެވެ. އެ މަޝްވަރާތަކުގައި އެމްއޭސީއެލް އިން އަބަދުވެސް ބުނަމުން އައީ އާ ޓާމިނަލް ހިންގާނީ މަލްޓި-އޮޕަރޭޓާ ޓާމިނަލެއްގެ ގޮތުގައި ކަމަށާއި ވަކި ކުންފުންޏަކަށް އެތަން ހިންގަން ދޭނެ ކަމަށް އެމްއޭސީއެލް އިން ނުބުނާ ކަމަށް މަންޓާއިން ބުނެ އެވެ.

މި މައްސަލައިގެ ތެރެއަށް އޭސީސީން ވެސް ވަނީ ވަދެފަ އެވެ. ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: