ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ އޯޑިއޯ: ޖިނާއި ކަންތަކެއް ފާހަގަވެ ފުލުހުން ތަހުގީގު ފަށައިފި

އަލީ ވަހީދުގެ އޯޑިއޯގައި ޖިނާއީ ކޫށުގެ އަމަލެއް ހިމެނޭކަން ފާހަގަކުރެވިފައިވާތީ އެކަން ފުލުހުން ބަަލަން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ސިލްސިލާ އެޕިސޯޑުތަކެއްގެ ގޮތުގައި މި ދެ ދުވަހު ލީކުވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަން ފާހަގަކުރެވިފައިވާތީ އެ މައްސަލަ ކަމާއި ބެހޭ އިދާރާތްތަކާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެޕިސޯޑުތަކެއްގެ ގޮތުގައި މިހާތަނަށް ފަސް އޯޑިއޯއެއް ލީކުކޮށްލާފައިވާއިރު، ފަސް އޯޑިއޯއިން ވެސް އިވިގެންދަނީ މިނިސްޓަރެއްގެ ފުށުން ގަބޫލު ކުރެވޭ ވަރަށް ވުރެ ދަށު ދަރަޖައިގެ ވާހަކަތަކެވެ. އެ އޯޑިއޯގައި އަލީ ވަހީދާއި އެކު ޔޫތް މިނިސްޓްރީގެ ސްޓޭޓު އަސްއަދު އަލީ (ޢަޑުބަރޭ) ވެސް ހުންނަވައެވެ.

މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، އޯޑިއޯއާއި ގުޅޭ އެއްވެސް މައްސަލައެއް އެ އިދާރާއަށް މިހާތަނަށް ހުށަހަޅާފައިވާ ނުވާކަމަށެވެ. އެހެން ނަމަވެސް އޯޑިއޯތަކުން ޖިނާއި ކުށެއް ފާހަގަގުވުމާއި ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވާ ގޮތުން އެ އޯޑިއޯގައި އެއްވެސް ހަގީގަތެއް ނެތެވެ. އެއީ ބަޔަކު އޭނާގެ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއްކަމަށް އޭނާ ވިދާޅުވެއެވެ. އެއަށްފަހު އޯޑިއޯގައި އަލީ ވަހީދުކަމަށް ބެލެވޭ މީހާއާއި އެކު ހުންނަވާ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސައްދު އަލީ ވެސް އެ ވީޑިއޯއަކީ “ފޭކެއް” ކަމަށް ވިދާޅުވިއެވެ. އައްސަދު ވިދާޅުވާގޮތުންނަމަ އެއީ އެފްއޭއެމް އިންތިހާބުގައި ބައްސާމު އަލީ ޖަލީލާއި ދެކޮޅަށް އެހެން މީހަކު ނެރެފާނެތީ ބަޔަކު ހިންގާ އަމަލެކެވެ.

އަމީނަކީ އަބަދު ހެދިކާ ކާ ބޭފުޅެއްކަމަށް އެއް އޯޑިއޯގައި އަލީ ވަހީދުކަމަށް ބުނާ މީހާ ވިދާޅުވެއެވެ. އަދި ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއްގެ “ކްރެޑިޓް” އޭނާ އަމިއްލައަށް ނަންގަވައެވެ. އެއަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ކެބިނެޓުގެ ބައްދަލުވުމުގައި އެންމެންގެ ކުރިމަތީ “ސައިޒު” ކުރާނެ ކަމަށް ބުނެއެވެ. ނޫނީ ނައިބް ރައީސް ފައިސަލް ނަސީމް މެދުވެރިކޮށް ޑރ. އައިޝަތު އަލީ “މައިތިރި” ކުރާނެ ކަމަށް ބުނެއެވެ.

އެއަށްފަހު ދެން ލީކުވީ އޯޑިއޯގައި އަލީ ވަހީދުކަމަށް ބުނާ މީހާ ގުޅުއްވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާކަމަށް ބެލެވޭ މީހަކަށެވެ. އަދި ކައިރީގައި ތިއްބެވި ފަރާތްތަކަށް ވާހަކަ ނުދައްކާ މަޑުން ތިބުމަށް އިޝާރާތް ކުރެއެވެ. އެއަށްފަހު ބޭއަދަބީ ރާގަކަށް “ހަލޯ، ހަމަ މިސްވެގެން ގުޅާލީ” ކަމަށް ވިދާޅުވެއެވެ. އެ ފޯނު ކޯލް ގައި އަލީ ވަހީދު މިނިސްޓަރު ނަހުލާއާ ބައްދަލުކޮށްލުމަށް އެދެއެވެ. އަދި ފޯނު ކޯލަށްފަހު އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކުރި ކަމަށް ބުނާ އަޑު އިވެއެވެ.

އޭގެފަހުން ލީކްވި އޯޑިއޯއެއްގައި ވެސް ބޭއަދަބީ ބަސްތަކުން މިނިސްޓަރު ނަހުލާއަށް ރައްދުވާގޮތަށް އަލީ ވަހީދު ވާހަކަ ދައްކާ އަޑުއިވެއެވެ.

ލީކްވި އޯޑިއޯއަކުން ވަނީ ސުޕްރީމް ކޯޓަށް ދެ ކާރު ގެނެސްދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ހާމަވެފައެވެ. “ބްރޭންޑް ނިއު” ގެ ނަމުގައި އަގު ހެޔޮކޮށް ސުޕްރީމް ކޯޓަށް ވެހިކަލްތައް ގަނެދޭން ވިސްނާ ކަމަށާއި އެކަން ފަނި ކުރަން ބަޔަކު އުޅޭ ކަމަށް އަލީ ވަހީދު ބުނާ އަޑު އޯޑިއޯ އިން އިވެއެވެ.

ބައެއް މީހުން ބުނަނީ އެ އޯޑިއޯތަކުގައި އަލީ ވަހީދުކަމަށް ބެލެވޭ މީހެއްގެ ބަސްމަގު ހުރި ގޮތުން ހައިރާން ވާ ކަމަށެވެ. މިއީ ހަގީގަތެއް ނަމަ ބައެއް މީހުން ޓްވިޓާގައި ބުނެފައިވަނީ މިއީ އަލީ ވަހީދު އަމިއްލަ އަށް އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ އަމަލެއް ކަމަށެވެ. އަދި އަނެއް ބަޔަކު ގެންދަނީ އޭނާ މަގާމުން ވަކިކުރަން ސަރުކާރުން ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: