ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރުތަކުގައި ފްލެޓުތައް ލިބުނު ފަރާތްތަކަށް ލަސްނުވެ ބޯހިޔާވަހިކަން ލިބޭނެ: ރައީސް

އަސާސީ ހިދުމަތްތައް ލިބުމުގައި މާލޭގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވީ ރަނގަޅު ޕްލޭނެއްނެތި ކަންކަން އިންތިޒާމުކުރުމުގައި ދިގުދެމިގެން ދިއުމުގެ ސަބަބުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ހިދުމަތްތައް ލިބުމުގައި މާލޭގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވީ ރަނގަޅު ޕްލޭނެއްނެތި ކަންކަން އިންތިޒާމުކުރުމުގައި ދިގުދެމިގެން ދިއުމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މިއަދު އެކަންކަމަށް ހައްލު ހޯދައިދޭން ޖެހިފައިވާކަމުގައި ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ސަރުކާރުން 462 މިލިއަން ރުފިޔާ ބަޖެޓުކުރެވި، ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލާއެކީގައި ސީދާ މާލޭ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މާލެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސީދާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 4000 ހައުސިން ޔުނިޓު އަޅަން ވައުދުވެފައިވާނެ ކަމަށެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގުނު ސާވޭގެ އަލީގައި އެއަށްވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައިވާކަން ހާމަވާ ކަމަށެވެ.

މީގެ އިތުރުން އެ ސާވޭގެ އަލީގައި އެމަޝްރޫއަށް ބަދަލުގެނެސް، އިތުރަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރުމަށް ތައްޔާރުވަމުންދާކަމުގައި ރައީސް ވިދާޅުވިއެެވެ. ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށް އަޅަން ނިންމަވާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ އަޅަން ނިންމާފައިވާ 3،000 ހައުސިން ޔުނިޓްގެ ބިންގާއެޅުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަސްތެރޭ ފެށިގެންދާނެކަމަށެވެ. އަދި އޭގެ އިތުރުން، އިތުރު 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތް މިއަހަރުގެތެރޭގައި ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވައުދުވެ އެއްބަސްވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަންކަން ލަހެއްނުވެ ކޮށްދެއްވާނެކަމަށެވެ. މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އިތުރުން ރައީސް ސޯލިހްގެ ވާހަކަފުޅުގައި ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައަކީ ވެސް ދިގުލައިގެންގޮސްފައިވާ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

މާލެއަށް ލުޔެއް ލިބޭނީ މި ނޫން ތަނެއްގައި މީހުންނަށް އުޅެވޭނެ މަގުފަހިކުރެވިގެން ކަމަށާއި އެކަން ހާސިލްކުރެވޭނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލުކުރެވިގެން ދިއުމަކީ މާލޭގައި ކުރަންހުރި ކަންކަމުގެ ތެރެއިން އެންމެ ބޮޑު އެއް މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ސޯލިގް ވިދާޅުވީ މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލުކުރެވިގެންދިއުމަކީ މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއާއި މާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ރައީސް ހާމަކުރެއްވިއެވެ.

މާލޭގެ މަގުތައް އަލުން މަރާމާތުކުރަން ފެށުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި މަޝްރޫޢު ކުރިޔަށްގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދާއި މަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މޫސާ ޢަލީ މަނިކުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: