ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާމިނަލް މައްސަލައިގައި ކުރީގެ ސަރުކާރުގެ އަމަލުތައް ގޯސް، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ: އަމީރު

ސީޕްލޭން ޓާމިނަލް މައްސަލައިގައި އަމީރު ބޭނުންވަނީ ޖިނާއީ ތަހުގީގެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބަދަލުނުވިނަމަ، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ވީއައިއޭގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލް ހިންގަން އުޅުއްވި އިސް ބޭފުޅުން އާ ޓާމިނަލް ދިނީސް ކަމަށް ފިނޭނެސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން އައި ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ނިންމި މައްސަލައިގައި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 28 ނޮވެންބަރު 2017 ގައި ބޭއްވި އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލުން ޖާގަ، އަކަމީޓަރެއް މަހަކަށް 10.35 ޑޮލަރުގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރި ކަމަށް ބުނެފައެވެ.

މި މައްސަލަައާއި ގުޅޭ ހުރިހާ ފަރާތަކާއި ވެސް ކޮމިޓީން ވަނީ ބައްދަލުވެސްކޮށްފައެވެ. މިރޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އަމީރު ވިދާޅުވީ ސަރުކާރު ބަދަލު ނުވީ ނަމަ އަލަށް ހަދާފައިވާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް އޭރުގެ ސަރުކާރުން ދިނީސް ކަމަށެވެ.

މި މައްސަލައިގައ ިޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލް މައްސަލައިގައި އަމީރު ބޭނުންވަނީ ޖިނާއީ ތަހުގީގެއް

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މައްސަލައިގައި ޓީއެމްއޭއިން ބުނަނީ ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާ، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ. އަދި އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާ ކަމަށް ވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ މައްސަލާގައި އަމީރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭނެކަމަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް ދީފައިވާ ކަމަށެވެ. އެގޮތުން ބެއިން ކެޕިޓަލްގެ ފަރާތުން ބައްދަލު ކުރިކަމަށް ހާމަކޮށް އަމީރު ވިދާޅުވީ އެ މީހުން ދޭ މައުލޫމާތުތަކަށް ބަލާއިރު އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލް ހިންގަން އުޅުނު އިސް ފަރާތްތައް އާ ޓާމިނަލް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.

އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގެ ނިންމުންތަކަކީ ދައުލަތަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އެއީ ޖިނާއީ ތަހުގީގަކަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ސިފަކޮށް އަމީރު ވަނީ ޖިނާއީ ތަހުގީގަކަށް ވެސް ގޮވާލާފައެވެ. ނަމަވެސް، ޓީއެމްއޭއަށް ކޮމިޓްމަންޓްދީ، އެމްއޭސީއެލުން ފޮނުވި ސިޓީތައް ފިޔަވައި، އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައިނުވާކަން އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ މިވަގުތަށް އެންމެ ރަނގަޅީ މި ސަރުކާރުގެ ނިންމުންކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތްކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން އެހެން އޮޕަރޭޓަރުންނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: