ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާސިމް ވިދާޅުވަނީ އޯޑިއޯތަކުގެ މައްސަލައިގައި ގޮތް ނިންމާނީ ރައީސް ޞާލިހު ކަމަށް!

17 ފެބުރުއަރީ 2020: ޖޭޕީން މިރޭ ބޭއްވި އެޕާޓީގެ 140 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ، ލީކުކޮށްލައިގެން އުޅޭ އޯޑިއޯތަކުގައި ހުރި ވާހަކަތައް ނިސްބަތް ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެބިނެޓް މިނިސްޓަރުންނަށް  ކަމުން އެކަމުގައި ގޮތް ނިންމަވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ، މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލީ ވަހީދުގެ ދައްކަވާފައި ހުރި ވާހަކަތަކެއް ކަމަށް ބުނެ ލީކު ކޮށްލާފައިވާ އޯޑިއޯތަކުގެ މައްސަލައިގައި ޕާޓީން ގޮތެއް ނިންމަވައިދެއްވުމަށް، މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި، ކައުންސިލް މެމްބަރު އަދި ޕާޓީގެ ސްޕޯކްސް ޕާސަން ޢަލީ ޞާލިހު ހުށަހެޅުއްވުމުން ދެއްވި ޖަވާބުގަ އެވެ.

“ސަންގު” އާ މި ވާހަކަތައް ހިއްސާކުރެއްވީ، ޖޭޕީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލު މެންބަރެކެވެ. މިވާހަކަތަކުގެ ސައްހަކަން ޕާޓީގެ ލީޑަރު ޤާސިމްގެ އެޑްވައިޒަރަކު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކައުންސިލު ބައްދަލުވުމަށް އަލީ ޞާލިހު ހުށައެޅުއްވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގައިވެސް މި ވަގުތު ހުންނެވި ބޭފުޅާ ކަމުން، ލީކު ވެގެން އުޅޭ އޯޑިއޯ ތަކުގެ ސަބަބުން ޕާޓީއަށް ނޭދެވޭ އަސަރުކޮށް ޕާޓީ ބަދުނާމުވަމުން ދާތީ އެކަމާ މެދު ގޮތެއް ނިންމަވައިދެއްވުމަށެވެ.

އެ އޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތައް، ރައީސް ޞާލިހުގެ ކެބިނެޓުގެ މިނިސްޓަރުންތަކަކަށް ނިސްބަތްވާ އިރު، އެކަމުގައި ސީދާ އޭނާގެ މަސްލަހަތު ވެސް ހިމެނޭ ހާލަތެއް އެބަ އޮތް ކަމަށް ޤާސިމް ފާހަގަކުރެއްވި އެވެ. ޤާސިމް އެފާހަގަ ކުރެއްވި ނުކުތާއަކީ ބެލެވޭ ގޮތުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާގެ ވާހަކަ ކަމަށް ބެލެވެ އެވެ.

ޤާސިމް ވިދާޅުވީ، ލީކުވެގެން އުޅޭ އޯޑިއޯގައި އެވާހަކަތައް ދެއްކެވި ބޭފުޅަކު އެކަމެއް ކުރެއްވި ތަނަކާއި ނިސްބަތްވާ ބޭފުޅުންނަށް ބަލާ އިރު، އެކަމުގައި ރައީސް ބައްލަވަން ޖެހިވަޑައިގަންނަވާ ވަރަކަށް ބައްލަވައި، ގޮތެއް ނިންމެވުމުން އެކަން އެ ނިމުނީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: