ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހަށް ވަގުތީ މާރުކޭޓެއް ހުޅުވަނީ

މަލޭގެ ލޯކަލް މަރުކޭޓުގެ ތެރެއިން ----- ފޮޓޯ: ގޫގުލް އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރަމަޟާން މަހަށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފައިދާ ކުރާނެހެން ވަގުތީ މާރުކޭޓެއް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ، މާލެ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައަކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށާއި އެކަން ހައްލުކުރުމުގެ ގޮތުން، އެތަނުގައި 178 ގޮޅި ހަމަޖައްސައި ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

“ކުރިއަށް އޮތް ރޯދަމަހަށް ވަގުތީ ގޮތުން މާރުކޭޓެއް ތައްޔާރުކޮށް، މާޅޭގެ ރައްޔިތުންނަށާއި މާލެއަށް އަންނަ، އަތޮޅުތަކުގެ ދަތުރުވެރިން ގެންނަ ތަކެތި ވިއްކޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން”  ރައީސް ޞާލިހު ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވޭނެ ވަކި ތާރީޚެއް އިއުލާން ކުރުމެއް ނެތި ބަންދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: