ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނަން – ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީތެއްގައި ބުނެފައި ވަނީ، މިހާރު އޮތް ސަރުކާރާއި މަޖިލިހަކީ ވެސް ރައްޔިތުންގެ އަޑު އަހާނެ ބައެއް ކަމަށެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވި އިރު، ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ ސަރުކާރަށެވެ.

 

https://twitter.com/Roxeyna/status/1229382622255702017

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލް މަޖިލިހަށް ހުށަހަޅާފައި އޮތީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ. އަދި މަޖިލިހުން ކޮންމެ ބިލެއް ވެސް ފާސް ކުރާނީ އާންމުން ބޭނުންވާ ގޮތް ބެލުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ވެސް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅިއެވެ. މިގޮތުން، އެންމެ ދުވަހަކު ވެސް ސަލާމްގެ ސެޓްފިކެޓެއް ނެތި ސަލާމް ނުބުނެވޭނެ ގޮތަށް ގާނޫނު އިސްލާހްކުރަން ހުށައަޅާފައި ވެއެވެ.

މިކަމަށް ވެސް އާންމު ގިނަ ބައެއްގެ ފާޑުކިޔަުންތަކާއި ނުރުހުން އަމާޒުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: