ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުގެ މުހިންމު މަޢުލޫމާތުތަކެއް ލީކުކޮށްލައިފި!

ނަހަމަ ގޮތުގައި އަނެކާގެ ހައްގަކަށް އަރައިގަތުމަކީ ގާނޫނީ ކުށެއް، އެކަމަކު ސަލާމަތި ސަބަބުތަކަށް ހެކް ކުރުމަކީ ގޯހެއް ނޫން ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ އީމެއިލް އެޑްރެސްތަކެއް ޕާސްވޯޑް ހިމެނޭހެން މުހިންމު މަޢުލޫމަތުތަކެއް އިންޓަނެޓްގައި ލީކުކޮށްލައިފި އެވެ.

މިގޮތުން، ހެކަރުން ލީކުކޮށްލައިފައިވާ ޕާސްވޯޑުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ އީމެއިލްތަކުގެ ޔޫސާ ނަންތަކާއި ޕާސްވޯޑުތައް ހިމެނެއެވެ.

ލީކުކޮށްލައިފައިވާ އީމެއިލް ޕާސްވޯޑުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އޮފީސް އީމެއިލްތަކުގެ ޕާސްވޯޑުތަކެވެ. އޭގެ ތެރޭގައި މިހާރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ އީމެއިލްތަކާއި ޕާސްވޯޑްތައް ވެސް ހިމެނެއެވެ.

ޖެނުއަރީމަހުގެ ފަހުކޮޅު ލީކޮކޮށްލާފައިވާ މި މަޢުލޫމާތތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދިވެހި ސަރުކާރާއި ގުޅުންހުރި އެއްޗެއްސެއް ނޫނެވެ. އޭގެ ތެރޭގައި، އެހެން ބައެއް ގައުމުތަކުގެ ސަރުކާރު އޮފިޝަލުންގެ އީމެއިލްތަކާއި ޕާސްވޯޑްތައް ވެސް ހިމެނެއެވެ.

ސައިންސް އެންޑް ކޮމިއުނިކޭޝަނުން ބުނީ، މީގެ ސަބަބުން ދައުލަތުން ބަލަހައްޓަން ޖެހޭ މުހިންމު އެއްވެސް މައުލޫމާތަކަށް ނުރައްކަލެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: