ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި ކަރަންޓީނުކުރި 7 ދިވެހިން ރާއްޖެ ގެނެސްފި

ޗައިނާގެ ވުހާންގައި ދިރިއުޅެމުންދިޔަ ދިވެހިންގެ 7 މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ކަރަންޓީނު ކުރި 7  ދިވެހިން ރާއްޖެ ގެނެސްފިއެވެ.

އެމީހުން މިއަދު ރާއްޖެ ގެނެސްފައިވާއިރު، އެމީހުން ވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ކަރަންޓީންގެ މުައްދަތު އިންޑިއާގައި ހަމަކޮށްފައެވެ. އެއީ 14 ދުވަހުގެ މަުއްދަތެކެވެ.

އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ކޭމްޕުގައި ކަރަންޓީނުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖެކެވެ.

އެއާ އިންޑިއާގެ ފްލައިޓެއްގައި އެ ހަތް މީހުން ރާއްޖެ އައުމަށް ދަތުރު ފެށީ މިއަދު ފަތިހު 5:30 ހާއިރު އެވެ. މިއަދު 10:20 ހާއިރު ރާއްޖެ އައި ދިވެހިން އާއްމުންނާ ހަމައަށް ނެރުނީ އެއާޕޯޓުގައިވެސް ތާމަލް ކެމެރާ އިން ޓެސްޓު ކުރުމަށްފަހު އެވެ. ދިވެހިން ރިސީވް ކުރުމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުންވެސް އެެއަޕޯޓުގައި ހަރަކާތްތެރިވި އެވެ.

މި ހަތް ދިވެހިންވެސް ކޮވިޑް-19 ބައްޔަށް ނެގަޓިވްކަން ހާމަކުރެއްވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: