ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒާތީ ގޮތުން މީހުންނާއި ދޭތެރޭގައި ކަންކަން ކުރުމަކީ ވަރަށް ނުރައްކާ ކަމެއް: ލަތީފު

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒާތީ ގޮތުން މީސް މީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ލަތީފު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ތައުލީމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

ބިލުގައި ބުލީ ކުރުމާ ގުޅޭ ގޮތުން މާއްދާތަކެއް ހިމެނުމަށް ބޭނުންވާ ކަމަށް ވިދާޅުވެ، ބަހުސްގެ ތެރެއިން ލަތީފު ވިދާޅުވީ، ބުލީ ކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި އެގޮތުން މަދުރަސީ ހަޔާތުގައި ބުލީ ކުރެވިފައި ތިބި ފަރާތްތައް ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާއިރު އެކުރެވުނު ބުލީގެ އަސަރު އެ ފަރާތްތަކުގެ ގައިގައި މިހާރުވެސް އެބަހުރި ކަމަށެވެ.

“ނަތީޖާއަކަށް ވަނީ ޒާތީ ގޮތުން މީސް މީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުން. މިއީ ވަރަށް ނުރައްކާތެރި ކަމެއް. ރާއްޖޭގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް، ދިރާސާތައް ދައްކާ ގޮތުގައި މިއީ މިކަން ހިނގާ ގޮތް” ހަސަން ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ، ބުލީ ކުރުމަކީ ކުށެއްކަން ކަނޑައަޅައި އަދަބެއް ބިލުގައި ހިމެނުމަކީ ވަރަށް ބޭނުންތެރި އަދި މުހިންމު ކަމެއް ކަމަށެވެ.

“އެއީ ކުށެއް ކަމަށް ކަނޑައެޅުމާއި، އަދި އެކަން ކުރާ ފަރާތަކާ ދޭތެރޭގައި ކަނޑައެޅޭ އަދަބެއް ވެސް މި ބިލުގައި ހިމެނުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެން” ހަސަން ވިދާޅުވިއެވެ.

ބުލީކުރުމަކީ ރާއްޖޭގެ ގާނޫނުގައި އަދި މިހާތަނަށް އަދަބު ކަނޑައެޅިފައިވާ ކުށެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: