ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލާލް ފިލްޕްސް ރާއްޖެ ގެނައުން ހުއްޓާލުމަށް އީވާ ގޮވާލައްވައިފި

ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ޢިލްމުވެރިޔާ ޑރ.ބިލާލް ފިލްޕްސް ރާއްޖެ ގެނައުން ހުއްޓާލުމަށް ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގޮވާލައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފު އެރުވި ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގަތުމަށް ބިލާލު ފިލިޕްސް ނިންމަވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައި މަހުލޫފް ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ޓްވީޓެއް ކޯޓްކުރައްވަމުން އީވާ ވިދާޅުވީ، ބިލާލް ފިލްޕްސްއަކީ ޞުލްޙައާއި ހަމެޖެހުމާއި ތަޙައްމަލުކުރުމުގެ ވާހަކަދައްކަވަން ރަނގަޅު ބޭފުޅާ ނޫންކަން ގޫގުލްގައި ކުޑަކޮށް ހޯދާލި ނަމަވެސް ފެންނާނެ ކަމަށެވެ.

https://twitter.com/evattey/status/1229694073268658176

އިނިގިރޭސި ބަހުން ކުރެއްވި ޓްވީޓުގައި އީވާ ވިދާޅުވީ، ބިލާލު ފިލިޕްސްއަކީ ހަރުކަށި ފިކުރާއި އަނިޔާވެރި ޢަމަލުތަކަށް ގޮވައިލައްވާ ބޭފުޅެކެވެ. އަދި އަންހެނުންނަށް އަނިޔާވެރިވުމަށް ބިލާލް ފިލިޕްސް ބާރުއަޅުއްވާ ކަމުގައިވެސް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ، ބިލާލް ފިލިޕްސްއަކީ ޑިމޮކްރަސީއާއި މެދު ފަނާކުރުވަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމުގައެވެ. މާޗު މަހުގެ 12ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށް ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: