ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖު ކޯޓާގެ މައްސަލަ އޭސީސީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމާއި ކޯޓާ ދިނުމުގައި އަމަލު ކުރަމުން ދަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަމަށްވުމުން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި މައްސަލާގައި މިއަހަރު ކުންފުނިތައް ހޮވުމުގައި އަމަލު ކުރަން ނިންމާފައިވާ އުސޫލުތަކާމެދު ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވާލާފައިވާ އުސޫލުގައި ވާ ގޮތުން މިއަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގައި އެކި ޖަމާއަތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި، އިސްކަންދޭނެ ތަޖުރިބާއަށް     ވުރެ ބޮޑަށް ޚިދުމަތަށެވެ.

މިހާރު އެކުލަވާލާފައި އޮތް އުސޫލުގައި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި، ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ، ޙައްޖަށް މީހުން ގެންދިޔުމުގައި އެ ކުންފުންޏަކުން ހުށަހަޅާ އަގަށް 10 ޕަސެންޓް، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތާއި، ޚިދުމަތުގެ ފެންވަރަށް 85 ޕަސެންޓް، އަދި އެ ކުންފުންޏެއްގެ ތަޖުރިބާއަށް 5 ޕަސެންޓެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި މައްސަލާގައި ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމުގައި މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތްތައް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ހޮޓަލާއި ހަރަމްފުޅުގެ ދުރުމިނަށާއި ހޮޓަލުގެ ފެންވަރަށް ދޭ މާކްސް ހޯދުމަށް ބިޑް ހުށަހެޅިއިރު ހައްޖުވެރިން ބައިތިއްބާނެ ކަމަށް ޖަހާފައިވާ ހޮޓާ ނޫން، ހަރަމްފުޅާވެސް މާދުރު، ފެންވަރުދަށް ހޮޓާތަކުގައި ހައްޖުވެރިން ބައިތިއްބާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރު  ބިޑް ކާމިޔަބުކުރި ފަރާތްތަކުން ހުށަހެޅި އަގަށްވުރެ އިތުރަށް ފައިސާ ނަގާފައިވާ ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައިވެއެވެ. އަދި  ބިޑް ހުށަހެޅިއިރު، ދަތުރުގައި ހޭދަވާނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ބައެއް ގްރޫޕްތަކުން ކަންކަން އިންތިޒާމްކުރިއިރު އިސްލާމިކް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ގޯސް ހެދި ކުންފުނިތަކުން މިއަހަރުގެ ބިޑްގައި ރަޖިސްޓްރީވެފައިވާ ކަމަށާ އަދި ބިޑަށް މާކްސްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑު ވަކި ބަޔަކަށް ފައިދާވާގޮތަށް އެކުލަވާލާފައިވާ ކަމަށްވެސް އޭސީސީއަށް ހުށަހެޅި މައްސަލައިގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: