ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަނީ

ސުޕްރީމް ކޯޓުގެ އިމާރާތް ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގައި ހިންގާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުގެ ވެބްސައިޓްގައި ޝާއިރުކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމު ކުރަން ފެށިކަން ހާމަކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

އުއްތަމަ ފަނޑިޔާރު މިކަން ހާމަކޮށްފައިވަނީ، ޖުޑީޝަލް އަހަރު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް މިހާރު ހަމަޖެހިިފައިވާނެ ކަމަށާއި ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް އަޑު އެހޭނެ އިންތިޒާމް ވެސް ބަޖެޓް ލިބުނުހާ އަވަހަކަށް ހަމަޖެހޭނެ ކަމަށެވެ. އަދި ޝަރީއަތްތަކަށް ވަދެ ނިކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ މިހާރު އަޑުއެހޭނެ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ ރެކޯޑިން އޭގެ ތެރޭގައި ހިމެނެ އެވެ.

އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑުކޮށް އާންމު ކުރުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ކުރި ކަމެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑީއޯ ލިވްކޮށް އަޑު އަހޭނެ ގޮތް އިްންތިޒާމް ވެގެންދިޔައިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ޓީވީން ލައިވް ބްރޯޑްކާސްޓްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގަ އެވެ.

https://twitter.com/SCMaldives/status/1229808538148462593?

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: