ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރަކު ދަރިވަރުންތަކަކަށް އުމުރާއި ނުގުޅޭ މަންޒަރުތަކެއް ދައްކައިފި

ސެންސަރުކުރެވިފައިވާ މަންޒަރެއް---- ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރާއި ނުގުޅޭ މަންޒަުތަކެއް ފެންނަ ވީޑިއޯއެއް ދ. މާއެނބޫދޫ ސްކޫލްގެ ދަރިވަރުންތަކަކަށް އެސްކޫލްގެ ޓީޗަރަކު ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނެފައި ވަނީ މާއެނބޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު އެސްކޫލްގެ ގްރޭޑް 7 ގެ ދަރިވަރުންތަކަކަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ޑޮކިއުމެންޓަރީއެއް ދެއްކި މައްސަލައެއް 2020 ފެބުރުވަރީ 17 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ. ނަމަވެސް، މައްސަލަ ފުލުހުންނަށް ހުށައެޅީ ކޮން ފަރާތަކުންކަން ސާފެއް ނުވެއެވެ.

ދަރިވަރުން ވަނީ މި މައްސަލަ ބެލެނިވެރިންނާއި ސްކޫލްގެ ސަމާލުކަމަށް ގެނެސްފައެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ގައްޔަރު ކޮށްފައެއް ނުވެއެވެ. 

މީގެއިތުރުން ވީޑިއޯ ދެއްކި ޓީޗަރާއި މެދު އަދި މިހާތަނަށް ސްކޫލުން ފިޔަވަޅެއް ނާޅައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: