ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކު ރޭޕުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަނީ

ޖިންސީ އަނިޔައި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން --- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުރާއްޖެތެރޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މެދުރާއްޖެތެރޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މި މައްސަލަ ތަޙްޤީޤު ކުރަމުން ދާކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، މިކަމާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކުރި ރަށަށް ފުލުހުންގެ ހާއްސަ ތަޙްޤީޤު ޓީމެއް ރޭ ފަތިހު ވަނީ ގޮސްފައެވެ.

މި މައްސަލަައިގެ ބާވަތުން އަދި ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، ރަށުގެ ނަމާއި ކުއްޖާގެ އެއްވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: