ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ސަރުކާރަށް ފާޑުވިދާޅުވުން: ތިޔަ ހުށަހަޅަނީ އަންޒަމާނު ކަރައަށް ވައި އެރި އިރުގެ ބިލްތަކެއް

ރައީސް ނަޝީދާއި ރައީސް ޞާލިހު - ފޮޓޯ: ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަނީ “އަންޒަމާނު ކަރައަށް ވައި އެރި އިރުގެ ބިލްތަކެއް” ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސަރުކާރުން ހުށަހަޅާ ބިލުތަކަށް ފާޑު ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާ ފައްޓަވައި، ރައީސް ނަޝީދު ވިދާޅުވީ ބައެއް ފަހަރު މަޖިލީހަށް ބިލުގެ ގޮތުގައި ހުށަހަޅަނީ ސުރުހީއެއް ކަމަށާއި، އެހެންކަމުން އެފަދަ ބިލްތަކަށް ރައްޔިތުންގެ ވިންދު އަހައި، ބަދަލުގެނެސް ބިލު ބިލަކަށް ހަދަނީ މަޖިލިހުން ކަމަށެވެ.

“ހުރިހާ ރައްޔިތުންނަށް ވެސް ސާފުކޮށްދޭން ބޭނުންވާ ކަމަކީ މިދެންނެވި ބިލްތަކަކީ އަންޒަމާނު ކަރައަށް ވައި އެރި އިރުގެ ތަކެތި ކަމަށް،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިދިޔަ ދައުރުގައި ސަރުކާރުން 56 ބިލެއް އެއް ފަހަރާ މަޖިލިހަށް ހުށައެޅި އިރު، އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

“ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކަކީ އެއްވެސް ހާލެއްގައި އެމްޑީޕީގެ މެނިފެސްޓޯގައި އަމާޒުތައް ސީދާ ގޮތުގައި ފާހަގަވާ ބިލްތަކެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށައަޅަފައި އެވަނީ 1980 ގެ އަހަރުތަކުގައި އެކިއެކި ވުޒާރާތަކުން ހެދި ބިލްތަކެކެވެ. އަދި އެކަމާ ގުޅިގެން ޒުވާނުން ކަންބޮޑުވުން ފާޅުކުރާ އިރު، އެކަން ބަލައިގަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ދާދި ފަހުން ސަރުކާރުން މަޖިލިހަށް ހުށަހެޅި ބައެއް ބިލްތަކާ މެދުގައި އާންމުން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

އެންމެހަފުން ވަޒީފާ އާއި ބެހޭ ބިލެއް އެކުލަވާލައި ގާނޫނެއް ގެ ގޮތުގައި އެކުލަވާލާފައިވަނީ 2008 ވަނައަހަރު އެވެ. 12 އަހަރު ފަހުން މިއަދު ބައެއް އިސްލާހު ތަކަކާއި އެކު ބިލު ހުށައެޅުނު އިރު އެކި އެކި މަސައްކަތް ތެރިނަށް މޮޅު އިތުރު އިސްލާހެއް ނެތި އިިދި ލިބިފައި ހުރި ބައެއް ހައްގު ތަށް ނިގުޅައި ގަންނަ ގޮތަކަށް ބިލަށް ބަދަލުތަކެއް ގެނެވިފައި ހުރިކަމަށް ފާހަގަ ކުރެވެއެވެ،

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތު އިތުރު ކުރާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، ބަލި ސަލާން ބުނާ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ލާޒިމުކޮށް ގާނޫނަށް އިސްލާހު ހުށަހެޅުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާ ފަރާތްތަކުން ބުނަމުންދާ ގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ވަޒީފާ އަދާ ކުރާ މީހުންގެ ހާލަތު މިހާރަށް ވުރެ ގޯސް ވެގެން ދާނެ އެވެ. ޕްރޮބޭޝަންގެ މުއްދަތު އިތުރުކޮށްފައި އޮތުމުން ގިނަ މީހުނަށް ދާއިމީ ވަޒީފާ ހޯދަން ދަތިވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: