ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކާ ކަލިނަރީ އޮލިމްޕިކްސްގައި ދިވެހި ކައްކާއިންނަށް ރަނާއި ރިހީގެ މެޑަލް!

އިކާ ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވި ދެ ދިވެހި ޝެފުން -- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިިވެރިވެ، ފަޚުރުވެރި ދެ މެޑަލް ހޯދައިފިއެވެ.

ޖަރުމަނުގެ ސްޓުޓްގާޓްގައި ކުރިއަށްދާ ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކަލިނަރީ އޮލިމްޕިކްސްގައި ދިވެެހިރާއްޖޭގެ ދެ ޝެފުން ކަމަށްވާ ޖޫދީ ޚާލިދު އަދި އަބްދުލްރަޝީދު ވަނީ ބައިވެރިވެފައިވަނީ އަމިއްލަ ގޮތުންނެވެ.

މި މުބާރާތުގައި ކޭކު ވެޑިންގް ކޭކު ކެޓަގަރީން ވާދަކޮށް ޝެފް ޖޫދީ ޚާލިދު ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ޝެފް އަބްދުލްރަޝީދު ވަނީ ރިހި މެޑަލް ހޯދާފައެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނުރައްދީން (މަރީ)ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ފަޚުރުވެރި މަގާމެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ ދިވެހި ޝެފުންގެ ހުނަރުވެރިކަމާއި ގާބިލިއްޔަތުކަން ކަމަށް ވެސް މަރީ ވިދާޅުވިއެވެ.

“ވަރަށް ފަޚުރުވެރި ކާމިޔާބެއް މިއީ. އަދި ޚާއްސަކޮށް މިއީ މި ދާއިރާގެ މަސައްކަތަކީ މީހުން އިތުރަށް ބަލައިގަންނާނެ މަސައްކަތަކަށް ހެދުމަށް ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެއް،” މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

ދިވެހި ޝެފުންތަކެއް އިކާ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ބައިވެރިވި އިރު، އެ ދެ ޝެފުންވެސް ޖަރުމަނަށް ދިޔައީ އަމިއްލަ ޚަރަދުގައެވެ.

މި ދެ ބޭފުޅުންނަކީ ވެސް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: