ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މި އަހަރު ދަށަށް

ޑެންގޫހުން ފެތުރެނީ މަދިރީގެ ޒަރިއްޔާއިން ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 2019 ވަނަ އަހަރާއި އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ދަށަށް ހިނގައްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ެއިން ނެރުނު ސިޓުއޭޝަން ރިޕޯޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޑެންގޫ ޖެހުނު މީހުންގެ އަދަދަށްވުރެ މި އަހަރުގެ ޖެނުއަރީ މަހު ބަލި ޖެހުނު މީހުންގެ އަދަދު މަދެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 215 މީހުންނެވެ. ނަމަވެސް، މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު ބޮޑުތަނުން ދަށްވެ، ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ 70 އަށް ވެއްޓިފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މިންވަރު މިވަނީ މަދުވެފައެވެ.

އެޗްޕީއޭއިން ބުނީ، އަދަދު ދަށްވި ނަމަވެސް ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަންކުރަން ހަނދާންކޮށްދޭ ކަމަށެވެ.

ޑެންގޫ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ހުމެކެވެ. ޑެންގޫ ހުން ފެތުރެނީ ޖަރާސީމު އަށަގެންފައިވާ އަންހެން މަދިރީގެ ޒަރީޢާއިންނެވެ.

ޑެންގޫހުމުން ސަލާމަތްވުމާއި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން:

* ޑެންގޫ ހުމުން ސަލާމަތްވުމަށް ޑެންގޫ ފަތުރާ މަދިރި ނައްތާލަންޖެހެއެވެ. މިފަދަ މަދިރި ނައްތާލުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލަންޖެހެއެވެ.
* ޑެންގޫހުން ޖައްސާ މަދިރިއަކީ މާދުރަށް އުދުހިއުޅޭ މަދިރިިއެއް ނޫނެވެ. ގާތްގަޑަކަށް 100 މީޓަރަށް މިމަދިރި އުދުހި އުޅެއެވެ. އެހެންކަމުން ގެއާއި ގޯތިތެރޭގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލުން ވަރަށް މުހިންމެވެ.
* ފެން އުފެދޭ ގޮތަށް ހުންނަ، ދަޅު، ނާށި، އުނބު، ޓައްޕު، ޓަޔަރު، ތަރަފާލު، ދިޔަދޮވި، ފެންތާނގީއާއި، ސެޕްޓިކް ޓޭންކް ފަދަ ތަންތަނަކީ މަދިރި އާލާވާ ތަންތަނެވެ. މިފަދަ ތަންތަނާއި، ތަކެތި ނައްތާލައްވާށެވެ.
* މަދިރި ނުހަފާފަދަ ގޮތަކަށް ހެދުން އަޅުއްވާށެވެ. މަދިރި ހެފުމުން ރައްކާތެރި ކޮށްދޭ ލޯޝަނާއި، ސްޕެރޭ އަދި ކޮއިލްފަދަ ތަކެތި ބޭނުންކުރާށެވެ.
* މަދިރި އުފެދޭ ތަންތަން ނައްތާލުމާއެކު ޑެންގޫހުން އާދަޔާ ޚިލާފަށް ފެތުރިދާނެ ކަމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ސްޕްރޭ ކުރެވިދާނެއެވެ. އެހެންނަމަވެސް ސްޕްރޭ ކުރުމަކީ ހައްލެއް ނޫނެވެ.
* ގެއާއި ގޯތިތެރެ އަދި ތިމާގެ ވަށައިގެންވާ ތަންތަނުގެ އާންމު ސާފުތާހިރުކަން އިތުރު ކުރާށެވެ.
* ޑެންގޫހުމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: