ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ގުޅިގެން ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅާނެ ގޮތުގެ އުސޫލް އީސީން އާންމު ކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބުތަކާ ގުޅިގެން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި ޢަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކުލަވާލައި އާންމުކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އާންމު ގަވާއިދަކީ (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އިންތިޚާބެއް ހިނގަމުންދާއިރު، އެ އިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ޝަކުވާއެއް ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ހުށަހަޅާ ޝަކުވާ ނުވަތަ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި، ތަޙުޤީޤުކުރުމުގައި އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކުން ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެވެ. 

އީސީން އާންމު ކުރި ގަވާއިދުގައި އެ ހަވާއިދާތުގެ ހުށަހެޅޭނެ ޝަކުވާތަކާއި މައްސަލަތައް ވަނީ ބަޔާންކޮށްފައެވެ. 

އެގޮތުން ގަވާއިދުގެ ދަށުން ހުށަހެޅޭނެ ޝަކުވާ ނުވަތަ މައްސަލަތަކަކީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ޙައްޤަށް އުނިކަން އައުމުގެ ސަބަބުން ހުށަހަޅާ ޝަކުވާ ނުވަތަ  މައްސަލަތަކާއި، އިންތިޚާބުގެ އެކިއެކި މަރުޙަލާތަކުގައި ވަކިކަމެއް ކުރަންޖެހޭ ގޮތަށް ނުކުރުމުގެ ސަބަބުން ނުވަތަ ވަކިކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރުމުގެ ސަބަބުން ހުށަހަޅާ ޝަކުވާ ނުވަތަ މައްސަލަތަކާއި، އިންތިޚާބުގެ މަރުޙަލާތަކުގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ހުށަހަޅާ ޝަކުވާ ނުވަތަ  މައްސަލަތަކުގެ އިތުރުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި އެ އިންތިޚާބަކަށް ޚާއްޞަ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް އެކިއެކި ފަރާތްތަކުން ކުރާ ކަންކަމާ ގުޅޭ ޝަކުވާ ނުވަތަ މައްސަލަތަކެވެ. 

ގަވާއިދުގައި ބުނެފައިވާ ގޮތުގައި އިންތިޚާބާ ގުޅިގެން ހުށަހަޅާ ޝަކުވާ ނުވަތަ މައްސަލަތަކުގެ ތެރެއިން ޖިނާއީ ކުށުގެ މައްސަލަތަކުގައި ޢަމަލުކުރާނީ  ޖިނާއީ އިޖުރާއަތުގެ ޤާނޫނު އާއި އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައިވާ ގޮތުގެ މަތިންނެވެ.

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގަވާއިދުގެ ދަށުން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅޭނެ ފަރާތްތައް ވެސް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅޭނެ ފަރާތްތަކަކީި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު އޮތް ކޮންމެ ދިވެހި ރައްޔިތަކަށާއި، އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށާއި؛ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށާއި، އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ އިންތިޚާބުގެ އޮބްޒާވަރުންނާއި އިންތިޚާބު މޮނިޓަރކުރާ ފަރާތްތަކުގެ އިތުރުން އިންތިޚާބާ ގުޅޭ ކަންތައްތައް ހިންގައި ބަލަހައްޓަން ތިބޭ މީހުންނަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: