ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު ހާތިފް ޙިލްމީ އާއި ފަނޑިޔާރު ޙުސެއިން މަޒީދަށް، ޗާރޓަރޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓަރސްގެ މެންބަރުކަން

ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އަދި ހައިކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ޗާރޓަރޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓަރސް (CIArb) އިން ހިންގާ އެކްސެލެރޭޓަރޑް ރޫޓް ޓު މެންބަރޝިޕް (އިންޓަރނޭޝަނަލް އާބިޓްރޭޝަން) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު ހާތިފް ޙިލްމީ އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު ބައިވެރިވެވަޑައިގެން އެ ކޯހުގެ އެގްޒެމިނޭޝަނުން ފާސްވެވަޑައިގެންފައިވާތީ، އެ ދެ ފަނޑިޔާރުންނަށް ޗާރޓަރޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓަރސްގެ މެންބަރަކަށްވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންފިއެވެ.

އަލްއުސްތާޛު ހާތިފް ޙިލްމީ އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު، އެކްސެލެރޭޓަރޑް ރޫޓް ޓު މެންބަރޝިޕް ކޯހުގައި ބައިވެރިވެވަޑައިގެންފައިވަނީ މި ދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ފަނޑިޔާރު ހާތިފް ޙިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފަނޑިޔާރު  ހާތިފް ޙިލްމީ ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓަރނީކަމާއި މަދަނީ ކޯޓުގެ ޤާޟީކަމާއި، ސިވިލް ކޯޓުގެ ޤާޞީކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރު  ހާތިފް ޙިލްމީވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

ފަނޑިޔާރު ޙުސައިން މަޒީދަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މަޒީދު ފަނޑިޔާރެއްގެ ހައިސިއްޔަތުން ޝަރުޢީ ދާއިރާއާ ގުޅިވަޑައިގަތީ 24 މާރޗް 2009 ގައެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވުމުގެ ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި، ސިވިލް ކޯޓުގެ ޤާޟީކަމާއި، އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ހިމެނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާރ ކަންވެސް އަލްއުސްތާޛު ޙުސައިން މަޒީދު ކުރައްވާފައިވެއެވެ. މީގެ އިތުރުން ފަނޑިޔާރު  ޙުސައިން މަޒީދަކީ 2002 ވަނަ އަހަރުން ފެށިގެން، ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު  ހާތިފް ޙިލްމީ އަދި ފަނޑިޔާރު  ހުސެއިން މަޒީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: