ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗް ކާޑިއެކް ސެންޓަރުގައި ރައީސް ޔާމިން އެޑްމިޓް ކޮށްފި!

ރީގެ ރައީސް އަބްދުﷲ ޔާމީން އަބދުލް ޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް މިއަދު މާލެ ގެނެސް، އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ.

ރައީސް ޔާމީން، ގެންގޮސްފައި ވަނީ އައިޖީއެމްއެޗްގައި ހުންނަ ކާޑިއެކް ސެންޓަރަށެވެ. “ސަންގު ޓީވީ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމިން އެޑްމިޓްކޮށްފައި ވަނީ އެތަނުގައެވެ.

ކަރެކްޝަނަލް ސާވިސް އިން ވަނީ އެމަނިކުފާނު އައިޖީއެމްއެޗަށް ގެންދިޔަކަން ކަށަވަރުކޮށްދީފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ރައީސް ޔާމިން މާލެ ގެނެސްފައިވާ ކަމަށާއި އެމަނިކުފާނު މިހާރު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކުރައްވާފައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެއްގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ވެސް ލަފާ ދެއްވާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ 5 ގާޒީންގެ ބެންޗަކުން ވަނީ މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމާނާ ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދަބު ކަނޑައެޅުން އެހެން ދުވަހަށް ފަސްކުރުމަށް ދިފާއުން އެދުނު ނަމަވެސް އެކަން ފަސްކުރުމަށް ބެންޗުން ނިންމާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: