ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހަރުދަނާކޮށް އޮތް މިނިވަން އަދުލުގެ ނިޒާމު ރޫޅާލީ މި ސަރުކާރުން: އަހުމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަރުދަނާކޮށް އޮތް މިނިވަން އަދުލުގެ ނިޒާމު ރޫޅާލީ މި ސަރުކާރުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އަބްދުﷲ ދީދީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ އިހުލާސްތެރި ހެޔޮ ނިޔަތެއްގައި ކަމަށާއި ކޯޓުތަކަށާއި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވުމުން، ރައްދުގައި ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ،  އެއީ ވަރަށް މަޖާ ހިނި އަންނަ ވާހަކައެއް ކަމަށެވެ.

އަބްދުﷲ ދީދީ ވިދާޅުވީ، ރާއްޖޭގައި ހަރުދަނާކޮށް އޮތް މިނިވަން އަދުލުގެ ނިޒާމު ރައިސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރޫޅާލާފައިވާ ކަމަށެވެ.

ދީދީ އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ މައްޗަށް 15 ތުހުމަތެއް ޖޭއެސްސީ އިން ކުރި އެވެ. އެމަނިކުފާނަށް ކުރެއްވި އެންމެ ބޮޑު އެއް ތުހުމަތަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން އަމަލު ކުރެއްވުމާއި މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުމެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2018 އަހަރުގެ ޖޫން 28 ގަ އެވެ.

ޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ކަންބޮޑުވުންވެސް ފާޅު ކުރެއްވެވިއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވަނީ ފަނޑިޔާރުގޭގެ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެކަށައެޅިފައި އޮތަސް ގާނޫނުއަސާސީގެ މާއްދާތަކުގެ ބާރު ކެނޑޭ ގޮތަށް ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅަން ޑީޖޭއޭ އިން މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގައި ހަރުދަނާކޮށް އޮތް މިނިވަން އަދުލުގެ ނިޒާމު ރޫޅާލީ މި ސަރުކާރުގައި ކައި – ކުރީގެ އުއްތަމަ ފަނޑިޔާރު

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ އިހުލާސްތެރި ހެޔޮ ނިޔަތެއްގައި ކަމަށާއި ކޯޓުތަކަށާއި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ދެހާސްވިހިވަނަ އަހަރަށް ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް މީހަކު ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަސް ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އޮންނަ ކަމަށެވެ. އެހެން އޮންނަނީ އެ ހައްގުތައް ހިމާޔަތް ކުރުމުގެ އެންމެ މުހިއްމު އެއް ޒިންމާ ފަނޑިޔާރުންނަށް މަތިކޮށްފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން އުޅެނީ ތެދުވެރި ނިޔަތެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާހު ކުރުމުގެ މަސައްކަތުގެ ނަމުގައި ވިޔަސް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ސަރުކާރުން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: