ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާމިނަލްގެ މައްސަލައިގައި ނަޝީދާއި އަމީރުގެ މައްޗަށް ދައުވާ ކުރެވޭނެ: ޑރ ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލްއިން ބޮޑު ބައެއް ދިނުމުގައި ގޯސް ހަދާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ އައު ޓާމިނަލްގެ މައްސަލައިގައި ހައްދަވާފައިވާ ގޯސްތަކަށް ރައީސް ނަޝީދުގެ އިތުރުން ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ ގޮތުގައި އެމައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން މިނިސްޓަރު އަމީރުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭވަރުގެ ހެކި އެބަހުރި ކަމަށެވެ.

އެމްޑީޕީން ސަރުކާރާ ހަވާލުވާ ކޮންމެ ފަހަރަކު މަސައްކަތް ކުރަމުންދަނީ އަމިއްލަ ފައިދާއަށް ގައުމުގެ ހަރުމުދާތައް އެހެން ފަރާތްތަކަށް ދޫކުރުމަށް ކަމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ އެކު ސައްހަ އެއްބަސްވުމެއް އޮތް ކަމަށް ބުނުމުގެ ހައްގު ޓީއެމްއޭ އަށް ލިބިގެންނުވެއެވެ. އަދި އެމްއޭސީއެލްއަށް ބޮޑު ފައިދާއެއްވާން އޮތް ހިދުމަތެއްގެ ކޮންޓްރޯލް ހޯދުމަށް ޓީއެމްއޭއިން މަސައްކަތް ކުރަނީ، އެކަމުގައި ގަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޓީއެމްއޭއިން އާ ސީޕްލޭން ޓާމިނަލް އެއްކޮށް ހޯދުމަށް ކުރަމުންދާ މަސައްކަތަކީ ގައުމާއި ރައްޔިތުން ގުރުބާންކޮށް، އެ ކުންފުންޏަށް ބޮޑު ފައިދާ ހޯދުމަށް ކުރަމުންދާ ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އެމްއޭސީއެލް ދަތުރު ކުރަމުންދަނީ ރަނގަޅު މަންޒިލަކަށް ނޫންކަން ފެންނަމުންދާ މަންޒަރުތަކުން ހާމަވާ ކަމަށެވެ. އަދި ގައުމީ އެއާލައިން ހިންގަމުންދަނީ ގެއްލުމުގައިކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޓީއެމްއޭއަށް ޓާމިނަލް ދިނުމުގެ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އެކިފަރާތްތަކުން އެކިކަހަލަ ތުހުމަތުތައް ކުރެއެވެ. ޖަމީލުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ ގޮތުއިގައި ޓީއެމްއޭ އިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދިނެވެ.

އެ ތުހުމަތުތައް ރައީސް ނަޝީދު ވަނީ ދޮގު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޓީއެމްއޭ އަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމަނިކުފާނަކަށް ރުފިޔާ ދޭން ނޫޅޭނެ ކަމަށާއި ނުވެސް ދެވޭނެ ކަމަށެވެ. އެފަދަ ކަމަކާ މީހަކު ވެސް ވިސްނާނެ ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: