ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް އަށް ވެކްސިނެއް އުފައްދައިފި

ސައިންސް ލެބެއްގައި ސައިންވެރިންތަކެއް --- ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެކްސިނެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ “ގްރެފެކްސް” އިން ބުނެފިއެވެ.

އެ ގައުމުގެ ޓެކްސްގެ ޖެނެޓިކް އިންޖިނިއަރިން ކުންފުނި ގްރެފެކްސް އިން ބުނީ އެކުންފުނިން އުފެއްދި ވެކްސިން ޓެސްޓް ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ގްރެފިކްސް އިން ބުނީ، އެ ކަމަށް އެމެރިކާގެ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި ވެކްސިނާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް އެމެރިކާގެ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިއްޖެ ކަމަށް އެ ކުންފުނިން ބުނި އިރު، އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ވެސް ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އޮސްޓިންގައި ހުންނަ ޔުނިވަސިޓީ އޮފް ޓެކްސަސް އިން ވެސް ވަނީ ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ.

 

https://twitter.com/mohmv/status/1222136920991391747

“ގްރެފެކްސް” އިން ބުނެފައި ވަނީ އެކުންފުނިން ވެކްސިން އުފެއްދުމުގައި ބޭނުން ކުރީ “އެޑެނޯވައިރަސް” ކަމަށެވެ. މިއީ މީގެ ކުރިން ބައެއް އެހެން ވެކްސިންތައް އުފެއްދުމަށް ވެސް ބޭނުން ކޮށްފައިވާ ވައިރަހެކެވެ.

ވެކްސިނެއް އުފެއްދުމުގައި ސައިންސްވެރިން ކުރިއެރުންތައް ހޯދަމުން ދިޔަ ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ވެކްސިނެއް އުފައްދާ ބޭނުން ކުރެވޭ ވަރުވާން 18 ވަރަކަށް މަސް ދުވަަސް ނަގާނެ ކަމަށެވެ.

ވެކްސިނެއް އުފެއްދިއްޖެ ކަން މިހާރު އިއުލާން ކޮށްފައިވާ “ގްރެފެކްސް” އިން އުފެއްދި ވެކްސިން ބޭނުން ކުރެވޭ ވަރުވާނެ ދުވަހެއް އެކުންފުނިން އަދި އިއުލާނެއް ނުކުރެއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބައިނަލްއަގުވާމީ ހެލްތު އެމާޖެންސީއެއް އިއުލާނު ކޮށްފަ އެވެ.

މި ވައިރަސްގެ އަލާމަތްތައް ފުރަތަމަ ފެށެނީ ހުމާއި ހިކި ކެއްސުމާއެކުގަ އެވެ. އަދި އޭގެ ހަފްތާއެއް ފަހުން ނޭވާ ކުރުވުމުގެ އަސަރުތައް ފެނުން އެކަށީގެންވާ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: