ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނިތައް ބައިވަރު ކުރެވިއްޖެ އެވެ. ސުވާލަކީ، ވަރީގެ ޢަދަދަށް އަންނާނީ ކޮން ކަހަަލަ ބަދަލެއް ހެއްޔެވެ؟

ކައިވެންޏަކީ މާތް ގުޅުމެއް --- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ، 20 ފެބްރުއަކީ 2020 އަކީ ބޮޑު ދުވަހެކެވެ. ތާރީޚަކީ 20.02.20 އެވެ. ރީތި ތާރީޚެކެވެ. ފެމިލީ ކޯޓުން ބުނީ އިއްޔެގެ ތާރީޚުގައި 64 ކައިވެނި ކުރަން އެ ކޯޓުގައި މީހުން އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓުން ބޭރުގައި ކުރާ ކައިވެންޏާއި ކޯޓުގައި ކުރާ ކައިވެނިތައް ހިމެނެއެވެ. ރީތި ތާރީޚުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެކެވެ. މިމަހުގެ ދެވަނަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރިއެވެ. އެވެސް ރީތި ތާރީޚެކެވެ. މީގެ ކުރިން އައި ރީތި ތާރީޚުތަކުގައި ވެސް ކަން ހިނގީ ހަމަ މި ބީދައިންނެވެ. ސުވާލެއް އެބަ އޮތެވެ. ރީތި ތާރީޚެއްގައި ކައިވެނިކުރުން ކޮންމެހެން މުހިންމުތޯއެވެ؟ ކައިވެނިތައް ބައިވަރު ކުރެވިއްޖެ އެވެ. ސުވާލަކީ، ވަރީގެ ޢަދަދަށް އަންނާނީ ކޮން ކަހަަލަ ބަދަލެއް ހެއްޔެވެ؟

މިހެން އަހަން މިޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ލިބިފައިވާ ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމަކީ ދިވެހިރާއްޖެކަން އެނގޭ ހެއްޔެވެ؟ އދ. އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުގެ މައްޗަށް ބިނާކޮށް ގިނިސް ވޯލްޑް ރެކޯޑު ވެބްސައިޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ އަށްވުރެ ވެސް މަތީގަ އެވެ. ދުނިޔޭގެ ރެކޯޑު ފޮތުން ދައްކާ ގޮތުގައި ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 ވަރީގެ ގޮތުގަ އެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ހިފަހައްޓަމުން އަންނަ ރިކޯޑެކެވެ.

ސުވާލު ކުރެވުނު ސަބަބު ވަރަށް ސާފުވެއްޖެ ދޯއެވެ؟ ހުސްވި 2019 ވަނަ އަހަރު ރާއްޖޭގައި 3000 އަށް ވުރެ ގިނަ ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޑީޖޭއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު 3432 ވަރި ކޮށްފައިވެ އެވެ. އެއީ ނިސްބަތުން ދުވާލަކު ނުވަ ވަރި އެވެ. އޭގެ ކުރީ އަހަރު ރާއްޖޭގައި ކޮށްފައި ވަނީ 3166 ވަރި އެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ވަނަ އަހަރު ކުރި ވަރީގެ އަދަދު ވަނީ 8.4 ޕަސެންޓު އިތުރުވެފަ އެވެ.  ކައިވެނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 5035 ކައިވެނި ކޮށްފައިވެ އެވެ. އެހެންކަމުން އެއީ ނިސްބަތުން ދުވާލެއްގެ މައްޗަށް 13 ކައިވެންޏެވެ. މިދިޔަ އަހަރު ކައިވެނި ކުރި އަދަދު ވަނީ 2018 ވަނަ އަހަރަށް ވުރެ ދަށްވެފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ. އެހެންކަމުން 2019 ވަނަ އަހަރު ކައިވެނި ކުރި އަދަދު ވަނީ 4.8 ޕަސެންޓު ދަށްވެފަ އެވެ. ރާއްޖެއަކީ އާބާދީ އާއި ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ. ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ 10.97 ރޭޝިއޯ ގަ އެވެ. ވަރަށް ވެސް ހަޑި ރިކޯޑެކެވެ. ވަރަށް ދެރަ މައްސަލައެކެވެ.

އިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ. މުސްލިމުން ކައިވެނި ކުރަން އަންގަވާފައި އޮންނަނީ ވަރިކުރާކަށްނޫނެވެ. ޚުދު ވަރިކުރަން ހިތުން ނިޔަތްގަނެ ، މީނާގެ ފޮނިބޮއެފައި ދުވަސްކޮޅަކުން ވަރިކޮށްލާނަމޭ، ނުވަތަ އޭނާގެ އަތުން ކޮންމެވެސް ލާރިގަނޑެއް ހޯދައިގެން އެހެން ފިރިހެނަކާއި އިންނާނީއޭ ހިތަށް އަރުވައިގެން ކައިވެނި ކުރުމަކީ ބޮޑު ޙަރާމް ކަމެކެވެ. މިފަދަ ކަންތަކަށް އޮންނަ މަގުބަންދު ކުރުމުގެ ގޮތުން އިިސްލާމްދީނުގައި ވަނީ މުތުޢާ ކައިވެނިވެސް ޙަރާމް ކުރައްވާފައެވެ. ކަމުގެ އަސްލަކީ ކައިވެންޏެވެ. ވަރިއަކީ ކައިވެންޏަށް އަންނަ އިސްތިސްނާއެކެވެ. މީގެ އިދިކޮޅަށް ކަންތައްވާނަމަ އެ ތަނެއްގައި ކޮންމެވެސް އިޖުތިމާޢި މައްސަލަތަކެއް އުޅެނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: