ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓުން މުވައްޒަފުން ވަކި ކުރި މައްސަލަ: މަގާމުތަކަށް އާ މީހުން ނެގުން މަޑުޖައްސާލަން އަންގައިފި

ޓްރާންސްޕޯޓުން މުވައްޒަފުން ވަކި ކުރި މައްސަލަ: މަގާމުތަކަށް އާ މީހުން ނެގުން މަޑުޖައްސާލަން އަންގައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ މިދިޔަ މަހު އެވެ.

އެ މުވަައްޒަފުން ވަނީ، ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާއާއި ބެހޭ ޓްރިނިއުނަލްއަށް ހުށަހަޅާފައެވެ. މައްސަލައިގައި ޓްރިބިއުނަލްއިން އަންގާފައިވަނީ މައްސަލަ ބަލާ ނިމެންދެން ވަކި ކުރި މުވައްޒަފުންގެ މަގާމަށް އިތުރު ބަޔަކު ނެގުން މަޑުޖައްސާލުމަށެވެ. އަދި މައްސަލަ ނުނިމެނީސް އެ މަގާމުތަކަށް މުވައްޒަފުން ނަގައިފިނަމަ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ހައްގަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ ވަޒީފާތަކަށް އާ މީހުން އައްޔަން ކޮށްފައި ވަނިކޮށް، މައްސަލަ ހުށަހެޅި މީހުންނަށް ވަޒީފާދޭން ޖެހިއްޖެ ނަމަ، އެކަމަށް ޓްރައިބިއުނަލުން ނެރޭ އަމުރެއްގެ ގާނޫނީ ބާރު ނެތިދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

މައްސަލަ ޓްރައިބިއުނަލުން ނިމެންދެން އެ މަގާމުތަކަށް ދާއިމީ ގޮތެއްގައި އެއްވެސް މީހަކު އައްޔަން ނުކުރުމަށާއި އެފަދަ މަސައްކަތެއް ހިނގަމުންދާ ނަމަ، އެކަން ވަގުތުން މަޑުޖައްސައިލުމަށާއި ވަޒީފާ އަނބުރާ ދޭން އަންގާ ހާލަތެއްގައި، އެފަދަ އެންގުމެއް ތަންފީޒު ކުރަން ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރަން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އަށް އަންގާ ކަމަށް ވެސް އެ އެންގުމުގައި ވަނީ ބުނެފައެވެ.

ކުށުގެ ތިން ވަނަ ދަރަޖައަށް ފައްތާ، ވަޒީފާއިން ކަނޑާލާނެ ކަމަށް ދީފައިވާ ނޯޓިސްގައި ބުނެފައިވަނީ އެ މުވައްޒަފުން އަހަރުގެ 60 ދުވަހު ގަޑިޖެހިފައިވާ ކަމަށެވެ. ސަންގުއާއި ވާހަކަ ދެއްކި މުވައްޒަފު ބުނީ، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލު ކުރުމަށް އެދޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް “ނަހުލާ މާ ބޮޑު އަޅައެއް ނުލާ” ކަމަށެވެ.

މުވައްޒަފުގެ ވާހަކައިގައި ވަނީ ތަނުގެ ބައެއް އިސްވެރިން މިކަމުގެ ތެރޭގައި ހިމެނޭކަމުގެ ތުހުމަތުކޮށްފައެވެ. އޭގެ ތެރެއިން އޭގެ ތެރޭގައި އެޗްއާރުއެމްޑީ ކޮމިޓީގެ އަހުމަދު ޝަމީމް އާއި، އަލީ ޒުބެއިރު ހުސެއިން، އަދި ޕީއެސް އަބްދުﷲ ފަޔާޒް ހިމެނެއެވެ.

ޓްރާންސްޕޯޓުގެ މުވައްޒަފުން ވަނީ ފާއިތުވެ ދިޔަ ހަތަރު ފަސް އަހަރު މުވައްޒަފުންގެ އެޕްރައިސަލް ފުރިހަމަކޮށްފައި ނުވުމާއި އެކު މުވައްޒަފުންނަށް ހާއްސަކޮށް އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނުވާކަން ފާހަގަކޮށްފައެވެ. މުވައްޒަފުން ގަޑިއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އިތުރު ގަޑީގެ އުޖޫރަ ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އެއްވެސް މަސައްކަތެއް ޑިއުޓީއިން ބޭރު ކުރުމަށް ޝަކުވާއެއްކޮށްފައި ނުވާނެ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ވަޒީފާއިން ވަކި ކުރަން އުޅޭކަން އެނގުމާއި އެކު، ތަނުގެ މުވައްޒަފުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: