ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީން އައީ އިންސާނުންގެ އަމަލުތައް އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށް – ޚުތުބާ

މާލޭގެ މިސްކިތެއް - ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީން އައީ އިންސާނުންގެ އަމަލުތައް އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ، އިސްލާމް ދީން އައީ ބިމުގައި ފަސާދަކުރުން ނައްތާލައި، ހަމަނުޖެހުމާއި ލޭ އޮހުރުވުން ހުއްޓުވައިލުމަށް ކަމަށެވެ.

ދީނާއި، ފުރާނައާއި ބުއްދިއާއި އަބުރަކީ ހުރުމަތްތެރިކުރައްވާފައިވާ އެއްޗެހި ކަންތައްތަކެއްކަން ފާހަގަ ކުރައްވައި ޚުތުބާގައި ބުނީ، އަމާންކަން ދެވިގެންވާ މީހުންނަށް ބިރުދެއްކުމާއި އިންސާނީ ހައްގުތަކަށް އަރައިގަތުން އަދި މި ނޫން ވެސް މިފަދަ ޖަރީމާތަކަކީ އިސްލާމް ދީން އެ ކަންކަމުން ބަރީއަވެގެންވާ ކަންކަމަށެވެ.

މިއަދުގެ ހުކުރު ހުތުބާ އަމާޒުކޮށްފައި ވަނީ “އިސްލާމްދީނަކީ ސަމާޙަތުގެ ދީނެވެ.” މި މައުލޫއަށެވެ.

އިސްލާމް ދީނަކީ ނުރުހުމުގައްޔާއި ގަދަކަމުން މީހުން އެ ދީނަށް ވްއްދާނެ ދީނެއް ނޫން ކަމަށާއި މުޅި ދުނިޔެ އަށް އެ ދީން ފެތުރުނީ ވެސް ކަނޑިބަޑީގެ ބާރުން ނޫން ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ. އަދި މީހުން އިސްލާމް ދިނަށް ވަންނަނީ އެއީ އެންމެ ހައްގު، އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ދީންކަން ވިސްނި އަމިއްލަ އިޚްތިޔާރުގައި ކަމުގައި ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، އިސްލާމް ދީނަކީ ސަމާޙަތުގެ ދީން ކަމަށެވެ. އަދި މީހުންގެ ހިތް ލަންބުވާލެވޭނީ އޯގާތެރިކަމާއި ސަމާޙަތުން ކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައި ވެއެވެ

އިސްލާމްދީނަކީ ސިލްމިއްޔަތާއި ސަމާހަތުގެދީނެވެ. ޢިލްމުވެރިން ވިދާލުވާ ގޮތުގައި ޒުޚުރުފު ސޫރަތުގެ 89 ވަނަ އާޔަތުން އެނގެނީ އިސްލާމްދީން ބާވައިލެއްވިފައި ވަނީ ސަމާޙަތްތެރި ދީނުގެ ގޮތުގައެވެ.

“ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! ސަލާމް ހުއްޓެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ ނަތީޖާ) އެނގޭނެތެވެ.”

މިހެންކަމުން އިސްލާމްދީނުގައި ހަނގުރާމައަށް އިސްކަން ދެއްވާފައި ނުވެއެވެ. ނަމަވެސް ކީރިތި ޤުރުއާނުން އެނގި ޘާބިތުވާ ގޮތުގައި މުސްލިމުންނަށް ހަނގުރާމަ ހުއްދަކުރެއެެވެ. ފެށިފައިވަނީ އެމީހުންނަށް މުޝްރިކުންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމަށާއި އެމީހުންގެ ދީނާއި މުދަލާއި ނަފްސު ޙިމާޔަތް ކުރުމަށެވެ. އެކަން ޙައްޖު ސޫރަތުގެ  39ވަނަ އާޔަތުން ދަލީލު ލިބެއެވެ.

އެގޮތުން ﷲ އަންގަވާފައި ވަނީ “ހަނގުރާމަ ވެވެމުންދާ މީހުންނަށް، އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއުރެންނަށް އަނިޔާ ލިބުނު ކަމަށްޓަކައެވެ. ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް ﷲ ކުޅަދުންވަންތަކަން ކަށަވަރެވެ.”

މިހެންވުމުން ޤައުމާއި، ވަޠަނުގެ ދިފާޢުގައި އާއި، އަމިއްލަ ދިފާޢުގައްޔާއި، މުދަލާއި، އަނބިދަރިންގެ ޙިމާޔަތުގައި ނިކުތުމަކީ ނުވަތަ ހަނގުރާމަކުރުމަކީ ހަރުކަށިކަން އިސްކޮށް ގަދަބާރުން ދީނަށް ވެއްދުމުގެ ބޭނުމުގައި ކުރެވުނު ކަމެއް ކަމުގައި ދެކޭ ނަމަ އެއީ ހަމަ ބުއްދިއަކުން ވިސްނާ ވިސްނުމެއް ކަމުގައި ބެލެވެން ނެތް ކަމަށާއި އޭގެ ބަދަލުގައި އެއީ ޢަދާވާތްތެރި ކަމާއި، ޙަސަދަވެރި ކަމުން ބުނާ ބުނުމެއްކަމުގައި ދެކެން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: