ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރަނީ

ބޫނުބުރުގާ އަޅަފައި ހުރި ކަނބަލެއް ----- ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރަން އެގައުމުގެ ޕާލަމެންޓުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތައް ފަދަ ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ޕާލަމެންޓަށް ހުށަހެޅި ރިޕޯޓެއްގައި މޫނުބުރުގާ މަނާކުރަން ލަފާދިނީ ކޮމިޓީގެ ޗެއާމަން މަލިތު ޖަޔަތިލަކެ އެވެ.

ލަފާދެއްވަމުން މަލިތު ޖަޔަތިލަކެ ވިދާޅުވީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މޫނު ބުރުގާ މަނާކޮށްފައިވާ ކަމަށެވެ. އަދި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސްއިންވެސް އެއް އިރެއްގައި މޫނު ބުރުގާ މަނާކުރި ކަމަށާއި އެއީ އެ ޖަމާއަތުން ކޮންޓްރޯލު ކުރާ ސަރަހައްދުތަކަށް މޫނު ބުރުގާ އަޅައިގެން ތިބެ ބަޔަކު ހަމަލާތާދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރިޕޯޓުގައި ވަނީ އާއްމު ތަނެއްގައި މޫނު ފޮރުވައިގެން ހުންނަ މީހަކީ ކާކުކަން ޔަގީން ކުރުމަށްޓަކައި އެމީހެއްގެ މޫނު ދެއްކުމަށް ފުލުހުންނަށް އަމުރު ކުރެވެން ޖެހޭނެ ކަމަށާއި އެ އަމުރަށް ތަބާނުވާ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެރިޕޯޓުގައި ވަނީ ނެޝަނަލް ޑިފެންސް ޕޮލިސީ، ދީނީ ސްކޫލުތައް ހިންގުމުގެ ޕޮލިސީ އަދި އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގާނޫނު އިސްލާހު ކުރަން ލަފާ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: