ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ފެންނަ ހެޔޮ ބަދަލުގެ މުގުލުގައި އޮތީ އެމްޑީޕީ، ވޯޓު ދެއްވާ: ރައީސް ސޯލިހް

ސަރުކާރުން ފެންނަ ހެޔޮ ބަދަލުގެ މުގުލުގައި އޮތީ އެމްޑީޕީ، ވޯޓު ދެއްވާ: ރައީސް ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފެންނަމުން މިދާ ހެޔޮ ބަދަލުގެ މުގުލުގައި ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށާއި، ސަރުކާރާއި އެކު ކުރިޔަށް ދާނެ ބަޔަކީ އެއީކަމުން އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗު ކުރުން މިރޭ ކާނިވާ ސަރަހައްދުގައާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދަނީ ކުރިޔަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ގިނަ ޒަމާންތަކެއް ވަންދެން ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޑިމޮކްރަސީގެ ރިވެތި އުސޫލު ފެނިގެން ދިޔަ ނަމަވެސް، ފިލާވަޅު ނަގަންޖެހޭ ގިނަ ކަންތަކާއި ދިމާވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަން އިސްލާހު ކުރުމަށްޓަކާ ޕާޓީގެ ލީޑާޝިޕްއިން މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވަންވީ ގާބިލު ކެނޑިޑޭޓުންކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އިތުރު ދެވަނަ ފުރުސަތެއް ލިބޭނީ ފަސް އަހަރު ފަހުން ކަމަށެވެ. ސަރުކާރާއި އެކީ މަސައްކަތް ކުރާނެ ކައުންސިލްއެއް އިންތިހާބު ކުރުމަކީ އެންމެބޮޑު އެދުންގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މަޝްެރޫއުތައް ގިނައިރު، އެ ކަންތަކާއި ގެން ކުރިޔަށް ދިއުމުގެ ޒިންމާ އެއްބައެއްގެ ގޮތުގައި ނަގަންތިބީ ކައުންސިލް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރަށްވެހި ކެމްޕެއިން ލޯންޗިނ ޖަލްސާގެ ތެރެއިން

މާޒީއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، މަރުކަޒީ އުސޫލުން މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ނެތިގޮސްފައިވާ ކަމަށެވެ. ތޮއްޖެހިފައިވާ މާލޭގެ މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ ލާމަރުކަޒު ކުރުންގެ ގޮތުގައި އެމަނިކުފާނު ފާޙަގަ ކުރެއްވިއެވެ.

ރައްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ރަށާއި ގުޅެގޮތުން އޮތް ތަސައްވުރެ ބަނަކޮށްލުމަކީ އެއީ ތަރައްގީއަށް އެޅުނު ހުރަހެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ. ޖީލުތަކެއް އެ މީހުންގެ ދިރިއުޅުން މާލޭގައި ބިނާ ކުރަމުން އަންނައިރު، އެ ދިރިއުޅުން މާލޭގައި ބިނާ ކުރަންޖެހިފައިވަނީ ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބެން ހުރީ މާލެއަށް ވީތީ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައިވެސް، ގެދޮރަށް ބޭނުންވެފައިވާ ރައްޔިތުން ތިބިއިރު އެ މައުޟޫ ބަހުސްއެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ރައީސް ވިދާޅުވިއެވެ. \

ސާފު ނަރުދަމާއާއި ފެން ލިބެންއޮތީ “އެންމެ 41” ރަށެއްގައިކަމަށާއި މިއީ ލަދުވެތި ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިހުރިހާ މައްސަލައެއް ވެސް ފެންމަތިވީ މަރުކަޒު ކުރުމުގެ ވިސްނުން ގެންގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ރައްޔިތުންނަށް ވިދާޅުވެ ދެއްވި ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ، މި ރާއްޖެ މާލީ ގޮތުން ކައުންސިލް ބާރުވެރި ކުރުވުން ކަމަށެވެ. ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމާއި އެކު، ލާމަރުކަޒު ކުރުން ކަމަށެވެ. މި ބަދަލު މިއަދު ފެންނަމުން ދާ ކަމަށާއި، މި ބަދަލަށް މުގުލުގައި ތިބީ އެމްޑީޕީގެ މެމްބަރުން ކަމުން އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އުންމީދަކީ ކައުންސިލް އިންތިހާބުގައި ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: