ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ބާނީއަކީ އެމްޑީޕީ، ކުރިޔަށް ދެވޭނެ އިތުރު ގޮތެއް ނެތް: އަނަސް

ލާމަރުކަޒީ ނިޒާމުގެ ބާނީއަކީ އެމްޑީޕީ، ކުރިޔަށް ދެވޭނެ އިތުރު ގޮތެއް ނެތް: އަނަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުގެ ބާނީ ކަމަށާއި، ނޫނު އަސާސީގެ ދަށުން ދިވެހި ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ އުސޫލަށް ބަދަލު ކުރުން ކަމަށް އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕިން އިންތިޒާމު ކުރި “ރަށްވެހި ފަތިސް” ޖަލްގާފައި އަނަސް ވިދާޅުވީ ދިވެހި ރައްޔިތުން ފުރިހަމަ ބާރުވެރިކަން ތަމްސީލުކޮށްދޭ ގޮތަށް ވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށް ދިވެހި ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެއީ މީގެ 11 އަހަރު ކުރި ކަމަށާއި، މިއަދު ފެންނަން މިއޮތީ އެ ބުރަ މަސައްކަތުގެ ގާނޫނު އަސާސީއެއް ކަމަށް އަނަސް ވިދާޅުވިއެވެ. މި އަހަރު ގުނަމުން މިދަނީ ގާނޫނު އަސާސީގެ 12 ވަނަ އަހަރުކަން ފާހަގަކޮށް އަނަސް ވިދާޅުވީ ގާނޫނު އަސާސީ ބައްޓަން ކުރެވުނީ، ދިވެހި ރައްޔިތުންގެ ބާރުވެރިކަން، ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރާއި ލިބެން މިންވަރުގެ މައްޗަށް ކަމަށެވެ. އަދި މިހުރިހާ ކަމެއް އެކުލެވޭ އަސާސްތަކެއްގެ މައްޗަށް ގާނޫނު އަސާސީ އެކުލެވިފައިވާކަން އަނަސް ފާހަގަކުރެއްވިއެވެ.

އަނަސް ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ދިވެހި ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ އުސޫލު ކަމަށެވެ. އަދި އެކަމަށް އެއްވެސް ދިވެހި ރައްޔިތަކު ދެބަހެއް ނުވާނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަނަސް ވިދާޅުވީ ގާނޫނު އަސާސީއާއި އެކު އެކުވެގެން ދިޔަ، ދިވެހި ރައްޔިތުންގެ އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ވެރިކަން ބަޣާވާތަކުން ބަޔަކު ބަދަލު ކުރި ކަމަށެވެ. އަދި ރައްޔިތުން ޝާމިލްކޮށްގެން އޭރުގެ ސަރުކާރުން ކުރި ހުރިހާ މަސައްކަތެއް އޭގެ ފަހުން އައި ސަރުކާރުތަކުން “އިދިކޮޅަށް” ޖަހާލިކަމަށް އަނަސް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް މެދުވެރިވީއިރު، ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހުރިކަމަށް އަނަސް ވިދާޅުވިއެވެ. ބޯހިޔާވަހިކަމާއި މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވޭތުވެދިޔަ ސަރުކާރަށް ގެނެވުނު ހައްލެއް ނެތް ކަމަށް އަނަސް ވިދާޅުވިއެވެ. އެހެން ނަމަވެސް، ލާމާރުކަޒީ ނިޒާމާއި އެކު އެމްޑީޕީން ކުރި މަސައްކަތުން ކުރިޔަށް އޮތް ފަސް އަހަރު މާލެއަށް ބަދަލު ގެނެވޭނީ އެމްޑީޕީއަށް ކަމަށް އަނަސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުގެ ބާނީ ކަމަށާއި، ކައުންސިލް އިންތިހާބަށް ނިކުންނަނީ ލިޔެވިފައިވާ ސިޔާސަތުތަކަކާއި އެކު ކަމަށް އަނަސް ވިދާޅުވިއެވެ. އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕްލޭންއެއް އެބައޮތް ކަމަށާއި، އެމްޑީޕީގެ ތަނަވަސް ވިސްނުމެއް އެބައޮތް ކަމަށް އަނަސް ވިދާޅުވިއެވެ. އަނަސް ވިދާޅުވީ، އެމްޑީޕީގެ ހާމައަށް ފެންނަން އޮތް އެޖެންޑާއެއް އެބައޮތް ކަމަށެވެ.

އަނަސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ބޭނުންވަނީ ރަށްވެހި ހިދުމަތާއި، އަދި އަސާސީ ހިދުމަތުގެ މީހުންގެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ދަމަހައްޓާނެ ހަމައެކަނި ކެނޑިޑޭޓުންނަކީ އެމްޑީޕީ ކަމަށް އަނަސް ވިދާޅުވިއެވެ.

އެމްޑީޕީން ރައްޔިތުންނަށް ކަށަވަރުކޮށްދެނީ އުފާވެރި ދިރިއުޅުމެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ އެކަންތައް ހައްލު ކުރުންގެ ގޮތުގައި އަނަސް ފާހަގަކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޮޓެއް. ހޮވާނީ އަލްހާން. ކެރޭނެ. ތަފާތުވާނެ. މުއިޒް އަކީވެސް ވިކިފަ ހުރި މީހެއް. މިއީ ކަމެއް ކުރާ އަނގައިން ބުނާ މީހެއް ނޫން. ރަބަރު ޕަޕެޓެއް. އަލްހާން އިޒް ދަ މޭން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: