ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް، ޕީއެންސީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް، އެއީ “ޑްރެކިއުލާއަކަށް ބްލަޑް ބޭންކު” ދިނުން: ރައީސް ނަޝީދު

ޕީޕީއެމް، ޕީއެންސީއަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް، އެއީ "ޑްރެކިއުލާއަކަށް ބްލަޑް ބޭންކު" ދިނުން: ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ “ޑްރެކިއުލާއަކަށް ބްލަޑް ބޭންކު” ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެޕްމޭން އިފްތިތާހުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ އޭރަކު ހުރި މިންވަރެއްގައި ކުރިޔަށް ދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ އެތައް ކަމެއް ކުރިޔަށް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހި ދައުލަތަށް ޓެކްސްގެ ނިޒާމެއް ގެނެސްދީފައިވާއިރު ބޭނުންވާ މަސައްކަތްތައް ފުރިހަމަގޮތެއްގައި ކުރިޔަށް ގެންދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒު ކުރުމުގެ ވައުދާއި، އެ ނިޒާމު ފައްކާކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަކީ އެމްޑީޕީގެ އެންމެ ބޮޑު ވައުދުގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ މުޅި ދިރިއުޅުން އެންމެ ބޮޑަށް ބަދަލުކޮށްދޭނެ ވެރިކަމެއް ގެނެސްދޭނީވެސް އެމްޑީޕީން ވިދާޅިވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ “ރަށްވެހި ފަތިސް” އެކި ގޮތްގޮތަށް މާނަ ކުރަމުން ދާ ކަމަށާއި، މިއީ އެމްޑީޕީގެ ފަތިހެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ފަތިހެއް ކަމަށެވެ. އަލިވިލެން މިދަނީ ރައްޔިތުންގެ ހައްގުތައް ފުރިހަމަ ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ، ކުރިއަރައިދުމަށް އޮތް ނިޒާމެއް ކަމަށާއި، މި ނިޒާމަކީ އެމްޑީޕީން ގަަދައަޅައި މަސައްކަތް ކުރި ނިޒާމުގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ބަޔަކު ކުރި މަސައްކަތް ރައްޔިތުންގެ ހިތުން ފިލައިގެން ނުދާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވާދަވެރި ފަރާތްތަކުން މި ނިޒާމު ހަލާކުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ބާރުތައް ހަނި ކުރުމާއި، ކައުންސިލްތައް ސަސްޕެންޑު ކުރުމަކީ ވާދަވެރިން ކުރި މަސައްކަތުގެ ގޮތުގައި ރައީސް ސޯލިހް ވިދާޅުވިއެވެ. އިދިކޮޅުގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނިކުންނަވާ މުއިއްޒުއަށް އަމާޒުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ “ހޮޅި މުއިއްޒު” އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ބްރިޖް އޯކޭކަމަށް އިއްޔެވެސް ބުނި ކަމަށާއި، އޯކޭ ނުވެގެން މިއުޅެނީ ވައްކަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ނަމަ ނަމާ ކުޑަ ކޮއެފުޅާ އަތް ނުލާށޭ ފާރުގާ ހަމަ ނިކަން ތަދުވާގޮތެއްގާ ކަށި ޖަހާފާނޭ ބިޗޫ. ނަމަ ނަމަ ޕީޕީއެމްއަށް ވޯޓެއް ނުދޭތި” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ކައުންސިލް ދިނުމެކޭ “ޑްރެކިއުލާއަށް ބްލަޑް ބޭންކު” ދިނުމެކޭ ތަފާތެއް ނެތް ކަމަށެވެ. ރައީސް ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ދޭންޖެހޭ ވޯޓެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބާއި، ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކާއިރު އިދިކޮޅަށް ވާނުވާއެއް ވެސް ނޭނގޭ ކަމަށެވެ. އަދި ކުރެވޭ މަސައްކަތެއް ވެސް ނޭނގޭ ކަމަށެވެ. އިދިކޮޅުގެ ފަރާތްތައް އިއްޔެ ވެރިކަމުގައި ތިބެގެން ކުރި ވައްކަމުގެ މަތީން ހަނދާން ނައްތާނުލާނެ ކަމަށާއި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން  (އެމްއެމްޕީއާރުސީ) ގެ ހިޔާނާތް މި ސަރުކާރުން ތަހުގީގު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ދެން މިބުނަނީ ކޮންމެވެސް ތަނަކަށް ކުރިމަތިލައިފީމޭ. ބަލަ ކޮންތަނަކަށް ކުރިމަތިލާންތޯ. އެއްވެސް ތަނަކަށް ކުރިމަތިލާނެ ކަމެއް ނެތް” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އަލިވިލެން މިދަނީ ރަންރީދޫ ފަތިހަކަށް ކަމަށެވެ. ރާއްޖެ މިއަދު މި މިސްރާބު ޖަހަނީ މާ ތަނަވަސް ދުވަސްތަކަކަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ތަފްސީލު އަންނަނީ…..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: