ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރަން އާ މޮޑެލްއެއް ތައާރަފްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން ”ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް“ ތައާރަފުކުރަން ތައްޔާރުވެއްޖެއެވެ.

ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް ރާއްޖެއަށް ތައާރަފްކުރުމަށް ޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްއާ ދެމެދު އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ބ. އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރެވޭ މަޝްރޫއެކެވެ. މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކާއި ޝުއޫރުތަކަށް ރިއާޔަތްކުރުމެވެ.

މި މަޝްރޫއުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްތަކެވެ. މިއީ މުސްތަގުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންގްގެ އާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެކެވެ.

މި ފަހުމުނާމާއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި ރަށުގެ ފަރުދުންނަކީ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައި ހަދައި، މުޖުތަމައުތަކަށް ފައިދާކުރަނިވި ފަތުރުވެރިކަމުގެ އައު މޮޑެލްއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: