ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވައިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމަށް ޓާސްކް ފޯހުން އިއްޔެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 6 ތަނެއް ބަލައިފާސްކޮށް، 17 ބިދޭސީއެއްގެ މަޢުލޫމާތު ސާފުކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.

”އޮޕަރޭޝަން ކުރަނގި“ގެ ތިންވަނަ ފިޔަވަހީގެ ދަށުން މެއި މަހުގެ ތެރޭގައިވެސް މާލޭގައި ޤަވައިދާ ހިލާފަށް އުޅެމުންދިޔަ 250 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން، އެފަދަ ފަރާތްތައް އަނބުރާ ޤައުމަށް ފޮނުވާލުމުގެ އިތުރުން، ބިދޭސީންނާ މެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ. މިކަމުގައި އާންމު ރައްޔިތުންނާއި ވަޒީފާދޭ ފަރާތްތަކުން ޒިންމާދާރުވުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ އަދި ބަޔޯމެޓްރިކް މައުލޫމާތު އެއްކުރުމަށް ”އޮޕަރޭޝަން ކުރަނގި“ ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވީ، ސައްހަ ވޯކްޕާމިޓްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނެގިފައިވާ ކަމަށެވެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ޤައުމީ ބޮޑު އިސްކަމެއް ދޭންޖެހޭ މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ ހޯމް މިނިސްޓްރީއާ ހަވާލުކުރައްވާފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާ ހިސާބަށް އައިއިރު އެެއްކޮށްފައިވެއެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓުކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: